ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 10:40
ބަޔާން އާއި ލެވަކޫސަން ކުޅުނު މެޗުގެ ތެރެއިން
ބަޔާން އާއި ލެވަކޫސަން ކުޅުނު މެޗުގެ ތެރެއިން
ބީބީސީ
ބަޔާން މިއުނިކް
ސީޒަނުގެ ފުރަތަމަ މެޗުން ބަޔާން މޮޅުވެއްޖެ
ބަޔާންއިން މެޗު ކާމިޔާބުކޮށްފައިވަނީ ބަޔާ ލެވަކޫސަންއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން
ބަޔާންއޮތީ ވަގުތީ ގޮތުން ބުންޑަސްލީގާގެ ތާވަލުގެ އެއްވަނައިގައި

ޖަރުމަނުގެ ބުންޑަސް ލީގާގައި ކުޅުނު ފުރަތަމަ މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ބަޔާން އިން މި މެޗު ކާމިޔާބުކޮށްފައި ވަނީ ބަޔާ ލެވަކޫސަންއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައި ވަނީ ބަޔާން އިންނެވެ. އަދި މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް މި މެޗުގައި ދައްކާފައެވެ.

އެގޮތުން މެޗުގެ ނުވަ ވަނަ މިނުޓުގައި ބަޔާންއަށް ލީޑުނަގައި ދިނީ ނިކޮލަސް ސޫލޭއެވެ. މިއީ ބަޔާންއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އޭގެ 10 މިނުޓް ފަހުން ބަޔާންގެ ލީޑު ފުޅާކޮށްދިނީ އެ ޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު ޓޮލީސޯއެވެ.

ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ބަޔާންއަށް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. މި ޕެނަލްޓީ ބަޔާންއަށް ދީފައި ވަނީ ލެވަކޫސަންގެ ހާފުގެ ތެރެއިން ލެވަންޑޯސްކީގެ ޖާޒީގައި ހިފެހެއްޓި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ ނިންމުމާ ގުޅިގެންނެވެ. ލެވަކޫސަންއަށް މެޗުގެ ފަރަގު ކުޑަކޮށްދިނީ 65 ވަނަ މިނުޓުގައި އެ ޓީމުގެ ފޯވާޑް މެހްމަދީއެވެ.

މި މޮޅާ އެކު ބަޔާން އޮތީ ވަގުތީގޮތުން ބުންޑަސްލީގާގެ ތާވަލުގެ އެއްވަނައިގައެވެ. ބަޔާންއިން މި ސީޒަނުގައި ނުކުންނަނީ ޖެހިޖެހިގެން ހަވަނަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކުރުމަށެވެ.

- ކޮމެންޓް