ކ. މާލެ
|
3 ޑިސެންބަރ 2024 | އަންގާރަ 06:32
އުތުރުގެ ރަށެއްގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ
އުތުރުގެ ރަށެއްގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ
އެންޑީއެމްއޭ
ވިއްސާރައިގެ ގެއްލުން
މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށްވުރެ އިތުރު
ވިއްސާރާގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓު ކޮށްފައިވޭ
އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޅ.ކުރެންދޫއަށް
އެގަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވާނީ ހުށަހަޅާފައި

ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށްވުރެ އިތުރަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހު އެންޑީއެމްއޭއިން ބުނީ 2024 ނޮވެންބަރު މަހުގެ ނިޔަލަށް ވިއްސާރާގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން 10 ރަށެއްގެ 110 ގެއަށް އެކިވަރުގެ ގެއްލުން ލިބިގެން ފޯމް ހުށަހަޅާފައިވާ ކަމަށް އެމްޑީއެމްއޭއިން ބުނެއެވެ.

ގެއްލުން ލިބުނު ރަށްތައް

  • ދ. ބަނޑިދޫ 2 ގެއަށް
  • ދ.ހުޅުދެލި 1 ގެއަށް
  • ގދ. މަޑަވެލި 3 ގެއަށް
  • ހދ.ނެއްލައިދޫ 1 ގެއަށް
  • ނ.މާފަރު 1 ގެއަށް
  • ރ ރަސްމާދޫ 1 ގެއަށް
  • ސ.ފޭދޫ 2 ގެއަށް
  • ޅ.ކުރެންދޫ 97 ގެއަށް
  • ސ.ހުޅުދޫ 1 ގެއަށް
  • ސ.މަރަދޫފޭދޫ 1 ގެއަށް

މިހާދިސާތަކާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗަށާއި، އިމާރާތަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށްވުރެ އިތުރަށް އަރާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޅ.ކުރެންދޫއަށް ކަމަށެވެ.

މިގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރެވި ''ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދު'' ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އެއޮތޯޓީން ބުނެއެވެ.

- ކޮމެންޓް