ކ. މާލެ
|
2 ޑިސެންބަރ 2024 | ހޯމަ 15:37
 ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރާއްޖެއެމްވީ
ރިޓަޔަމަންޓް އެލަވަންސް
އަލަށް ރިޓަޔާވާ މުވައްޒަފުންނަށް ދޭ އެލަވަންސް ކަނޑާލަން ފިނޭންސް މިނިސްޓަރގެ ނިންމެވުމުން، ރައީސް ބާތިލު ކުރައްވައިފި
"ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލު ކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔަރމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން އެކި މުއައްސަސާ ތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

ވަޒީފާއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދެމުން އަންނަ އެލަވަންސް ދެމުން އަންނަ ގޮތައް ބަދަލު ނުގެނައުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އެކި އެކި މުއައްސަސާތަކުން އެ ދާއިރާ އަކުން ރިޓަޔާ ވާ މުވައްޒަފުންނަށް އެކިއެކި އުސޫލުގެ ދަށުން އިނާޔަތް ދެމުން އަންނަނިކޮށް މުއިއްޒުގެ ސަރުކާރުން ވަނީ ކުއްލި ގޮތައް އެ އިނާޔަތައް ބަދަލު ގެނައުމަށް ނިންމާ އެކަން އޮފީސްތަކަށް އަންގާފައެވެ.

އަލަށް ވަޒީފާ އިން ރިޓަޔާ ކުރާ މުވައްޒަފުންނަށް އެ މުއައްސަސާ އަކުން މަހުން މަހަށް ދޭ އެލަވަންސެއް ނުދޭން ސަރުކާރުން ނިންމާ އެކަމާ ބެހޭ ގޮތުން މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވާ އެކި އެކި މުއައްސަސާ ތަކަށް ފޮނުވާފައިވާ ސިޓީގައިވާ ވަނީ އެ ބަދަލު ގެންނަނީ ސަރުކާރުގެ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ކުއްލިކުއްލި އަށް ކަންކަން ނިންމާ އަދި އެ ނިންމުން ޖެހިގެން އަންނަ ދުވަހު ބަދަލު ކުރާ ހަރުދަނާ ކަމެއް ނެތް މުއިއްޒުގެ ސަރުކާރުން މި ގޮތައް ނިންމުމާ އޮފީސްތަކަށް އެންގުމަށްފަހު ހޯމަ ދުވަހު ރައީސް އޮފީހުން ބުނީ އެ ނިންމުން ބަދަލު ކޮށްފި ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޭ ނޮން-ކޮންޓްރިބިއުޓަރީ ރިޓަޔަރމަންޓް ޢިނާޔަތްތައް ޖަނަވަރީ 1ން ފެށިގެން ހުއްޓާލުމަށް އިދާރާތަކަށް އެންގި އެންގުން ބާޠިލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި،" ކަމަށް ރައީސް އޮފީހުން އާންމު ކުރި ބަޔާނެއްގައި ވެއެވެ.

އިދާރާތަކަށް އެންގި އެންގުން ބާޠިލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ޑިސެމްބަރ 1، 2024 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ޚުދު އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

"ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލު ކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔަރމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔަރމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ހުށަހަޅުއްވައިގެން މި ބަދަލު ގެނައި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވާއިރު، ރައީސް މުއިއްޒުގެ ފިނޭންސް މިނިސްޓަރު އޮފީސްތަކަށް ފޮނުއްވި ސިޓީގައި ވަނީ ރިޓަޔަމެންޓް ޕެންޝަން ދޭ އިދާރާތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ އިދާރާތަކުގެ ރިޓަޔަމެންޓް ގަވައިދު އިސްލާހުކޮށް، އެކަން ފިނޭންސަށް ހުށަހަޅައި، ގެޒެޓު ކުރުމަށެވެ.

މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފިނޭންސް މިނިސްޓްރީން ޕެންޝަނާ ބެހޭ ގޮތުން އޮފީސްތަކަށް ފޮނުވާފައިވާ ސިޓީއަށް ޢަމަލުނުކުރަން ނިންމި އިރު، ފިނޭންސް މިނިސްޓަރު ސަރުކާރުގެ މިފަދަ ބޮޑު ސިޔާސަތެއް ކަނޑައެޅުއްވި އިރު ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާ މަޝްވަރާ ނުކުރައްވާ އެ ނިންމުން ނިންމެވީ އަމިއްލަ ފުޅައްތޯ ވަނީ ސުވާލު އުފެދިފައެވެ. 

ޕެންޝަން ސްކީމަށް މިއަހަރު 266 މިލިޔަން ރުފިޔާ ހޭދަކުރާއިރު އަންނަ އަހަރު 272 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށް 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެއެވެ.

- ކޮމެންޓް