ކ. މާލެ
|
28 ނޮވެންބަރ 2024 | ބުރާސްފަތި 13:31
ކާރުގައި ރޯކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން
ކާރުގައި ރޯކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން
ޕޮލިސް
ކާރެއްގައި އަލިފާން ރޯކުރުން
މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
މި ދެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ބުރުޒުމަގު ސިނަމާލެ-01 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި 25 ނޮވެންބަރު 2024 ވަނަ ދުވަހުގެ އިރުއޮއްސި 6:25 އެހާއިރު އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތުގައި މ. އަރާރަތްކުރި، 35 އަހަރުގެ ހާލިދު މަހްމޫދު އަދި އދ. މާމިގިލި، ބްލޫވިންޑް، 31 އަހަރު ހަސަން ނަސީމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިފަހުން މާލޭގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި އަލިފާން ރޯކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

- ކޮމެންޓް