ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 15:38
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކައުންސިލްގެ އިމާރާތުގައި އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި (ފައިލް)
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކައުންސިލްގެ އިމާރާތުގައި އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި (ފައިލް)
އޭޕީ
ޣައްޒާ ހަނގުރާމަ
އިޒްރޭލުގެ ނޭއްގާނީ އަމަލުތައް ހުއްޓުވުމުގައި އިޔޫ އިން ވަނީ ނުކުޅެދިފައި: އީޔޫގެ ފޮރިން ޕޮލިސީގެ ޗީފް ބޮރެލް
ޔޫރަޕިއަން ޔޫނިއަން އިން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އެ ޔޫނިއަން އިން ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތު ކަމަށް އާންމުންނަށް ތަސައްވަރު ކުރެވިފައިވާ ކަމުގައި ވެސް ބޮރެލް ވިދާޅުވި

އިޒްރޭލުގެ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމުގައާއި ޣައްޒާގައި އާންމު ރައްޔިތުން މަރުވަމުންދާ އަދަދު އިތުރުވަމުން ދިޔުން ހުއްޓުވުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އެ ޔޫނިއަންގެ ބޭރުގެ ކަންތައްތަކާއި ސަލާމަތީ ސިޔާސަތުގެ އިސް ވެރިޔާ ޖޮސެޕް ބޮރެލް ވިދާޅުވެއްޖެއެވެ.

ބޮރެލް އިތުރަށް ވިދާޅުވި ގޮތުގައި ޣައްޒާގައި އާންމު ރައްޔިތުން މަރުވަމުންދާ އަދަދު އިތުރުވަމުންދިއުން ހުއްޓުވުމަށާއި، އިންސާނީ ހާލަތު ބޮޑު ކާރިސާއަކަށް ބަދަލުވެގެން ދިއުން ހުއްޓުވުމަށާއި، ހުޅަނގު އައްސޭރީގައި އިތުރުވަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށާއި، ފަލަސްޠީނު އޮތޯރިޓީ ފުނޑުފުނޑުވެގެން ދިއުން ހުއްޓުވުމަށް ޔޫރަޕިއަން އޮތީ ނުކުޅެދިފައެވެ..

މީގެ އިތުރުން ބޮރެލް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އިން އެ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އެ ޔޫނިއަން އިން ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތު ކަމަށް އާންމުންނަށް ތަސައްވަރު ކުރެވިފައިވާ ކަމުގައެވެ.

- ކޮމެންޓް