ކ. މާލެ
|
11 ނޮވެންބަރ 2024 | ހޯމަ 17:09
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު - ޑޮލަރުގެ ލިމިޓު އުވާލައްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު - ޑޮލަރުގެ ލިމިޓު އުވާލައްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި
ރާއްޖެ އެމްވީ
ސަރުކާރުގެ ޚަރަދު
ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައި، 10 މަސް ދުވަހުން 10 ބިލިއަންގެ ދަރަނި ސަރުކާރުން އުފައްދައިފި
ފާއިތުވި 10 މަހުގެ ތެރޭގައި، ޚަރަދުގެ ގޮތުގައި ސަރުކާރުން ޖުމްލަ 39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓު ޚަރަދުތަކުގެ ގޮތުގައެވެ. ގާތްގަނޑަކަށް 27.9 ބިލިއަން ރުފިޔާ، މުސާރަ، އުޖޫރަ އަދި ޕެންޝަން ހިމެނޭހެން ރިކަރަންޓް ޚަރަދުތަކުގެ ގޮތުގައި ވަނީ ހޭދަ ކޮށްފައެވެ. މިއީ މި ދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 1.5 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ ފަހުގެ މާލީ ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން، 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ބަޖެޓު ޑެފިސިޓް 9.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

އަހަރުގެ ފުރަތަމަ 10 މަސްދުވަހު ޖުމްލަ 29.1 ބިލިއަން ރުފިޔާގެ އާމްދަނީ އާއި ހިލޭ އެހީ ލިބުނު ނަމަވެސް، ސަރުކާރަށް އެ މުއްދަތުގެ ތެރޭގައި އުއްމީދު ކުރިވަރަށް އާމްދަނީ ހޯދިފައެއް ނުވެއެވެ.

މިދިޔަ 10 މަހުގެ ތެރޭގައި ދައުލަތައް 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުނު އިރު، ޚަރަދުތައް ކުޑަ ކުރެވިފައި ނުވާތީ، ލިބުނު އެއްޗަކަށް ވުރެ އިތުރަށް 9.9 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދު ކޮށްފައެވެ.

ދައުލަތައް ލިބޭ އާމްދަނީގެ އެންމެ ބޮޑު އެއްޗެއް ހިއްސާ ކުރަނީ ޓެކްސް ފައިސާ އިންކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ.

މިގޮތުން ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން 7.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަނެއް ކޮޅުން ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 6.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ބޭރުން އާމްދަނީ ހޯދުމުގައި ސަރުކާރަށް އެކަށީގެންވާ ކާމިޔާބެއް ހާސިލު ނުކުރެވޭކަން ވެސް ހިސާބުތަކުން ހާމަވެއެވެ.

ފާއިތުވި 10 މަހުގެ ތެރޭގައި، ޚަރަދުގެ ގޮތުގައި ސަރުކާރުން ޖުމްލަ 39 ބިލިއަން ރުފިޔާ ހޭދަ ކޮށްފައި ވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަ ކޮށްފައި ވަނީ ރިކަރަންޓު ޚަރަދުތަކުގެ ގޮތުގައެވެ. ގާތްގަނޑަކަށް 27.9 ބިލިއަން ރުފިޔާ، މުސާރަ، އުޖޫރަ އަދި ޕެންޝަން ހިމެނޭހެން ރިކަރަންޓް ޚަރަދުތަކުގެ ގޮތުގައި ވަނީ ހޭދަ ކޮށްފައެވެ. މިއީ މި ދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 1.5 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ. ރިކަރަންޓު ޚަރަދުތައް ބޮޑުވެފައިވަނީ އިދާރީ ޚަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ.

ރިކަރަންޓު ޚަރަދުތައް ބޮޑުވެގެން ދިޔައިރު، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވޭ ކެޕިޓަލް ޚަރަދުތައް 11.1 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައިވެއެވެ. އުމްރާނީ ވަސީލަތްތަކަށް ކުރެވޭ ޚަރަދު ކުރީ އަހަރާ އަޅާބަލާއިރު ވެސް ބޮޑުތަނުން ވަނީ ދަށަށް ގޮސްފައެވެ. އުމްރާނީ ތަރައްގީގެ ރޮނގުން ކުރާ ގިނަ މަސައްކަތްތައް ރާއްޖޭގައި ހުއްޓިފައިވާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެ މިނިސްޓްރީގެ ބަޖެޓުގެ ބޮޑު ބައެއް ބޭނުން ކޮށްފައި ވާކަން ފިނޭންސްގެ ހިސާބު ތަކުން ފާހަގަވެއެވެ. ވޭތުވެ ދިޔަ 10 މަސްދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާ އިން 1.3 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 2.7 ބިލިއަން އަށް ވުރެ ގިނަ ރުފިޔާ މި ދިޔަ 10 މަހުގެ ތެރޭގައި ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ.

ފިނޭންސް އިން ހާމަކުރި ހިސާބުތަކުން އާމްދަނީ ލިބޭ މިންވަރު ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުވަމުން ނުދާއިރު، ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ބޮޑުވަމުން ދިއުމުން، ބަޖެޓް އާ ގުޅޭ އިތުރު ގޮންޖެހުންތަކާ ސަރުކާރުން ކުރިމަތިލާން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ބައިނަލް އަގްވާމީ މާލީ އިދާރާތަކުން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ތަކުރާރުކޮށް ލަފާ ދެމުން ދިޔަ ނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރުން މުސާރަ އާއި ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަން ފިނޭންސްގެ ރިޕޯޓުން ހާމަވެއެވެ.                                                            

- ކޮމެންޓް