ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 00:35
ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ
ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ
ރާއްޖެއެމްވީ
ކަމަދޫ ޖަލްސާ
ތަރައްގީއޭ ކިޔާ ރައްޔިތުން ގުނބޯ ނުހެއްދޭނެ: ނާދިރާ
ރައްޔިތުންނަށް ތަރައްގީއެއް ނުފެނޭ
ރައްޔިތުންނަށް ފެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަން
ތެޔޮ އަދި ކާޑުގެ އަގު ވަނީ ބޮޑުކޮށްފައި

ތަރައްގީއޭ ކިޔާ ނުވަތަ ތަކެތީގެ އަގު ހެޔޮވެއްޖެއޭ ކިޔާ ރައްޔިތުން ގުނބޯ ނުހެއްދުމަށް ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެެވެ.

ބ.ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަވަމުން، ނާދިރާ ވިދާޅުވީ، ތަރައްގީއޭ ބުންޏަސް ރައްޔިތުންނަށް އެ ތަރައްގީ ނުފެންނަހާ ހިނދަކު ތަރައްގީ ވެފައިވާކަން ގަބޫލު ނުކުރާނެ ކަމަށެވެ. ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ކަށަވަރު ވާނެ ކަމަށް ވައުދުވެ، އެކަން ވެސް  ފުރިހަމައަށް ނުކޮށްދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުވާލަކު ދެ ގަޑިއިރުން ދެ ގަޑިއިރުން ކަރަންޓް ކެނޑުމަކީ 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، ކާޑުގެ ބާވަތްތަކުން 100 ޕަސެންޓް އަގުބޮޑުކޮށް، އިންތިހާބަކާއި ކައިރިވުުމުން ތަކެތީގެ އަގު ހެޔޮކޮށްދިނީއޭ ބުނުމަކުން ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ ކަމަށެވެ.

" ތެލުގެ އަގު، މިހާރު އެއޮތީ އަގުބޮޑުކޮށްފައި. ޒުވާނުންގެ ސަރުކާރުން ޒުވާނުންނަށް އެއޮތީ ތެޔޮ އަގުބޮޑުކޮށްދީފައި. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން އެންމެން މިއަދު ކުރާ މަސައްކަތަކީ ހެޔޮ ގޮތްތަކެއް ހޯދާދިނުން. ތަރައްގީގެ ނަމުގައި ކޮރަޕްޝަނުގެ ހިންގުމަށް އަޅުގަނޑުމެން މިއަދު ފުރުސަތު ނުދޭނަން." ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، ދިވެހި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި ސަރުކާރުން ތަރައްގީގެ ނަމުގައި ކޮރަޕްޝަން ހިންގެވުމަށް ކުރައްވާ މަސައްކަތް ހުއްޓުވުމަށް މިފެށި މަސައްކަތް ހުއްޓާނީ މަގްސަދުތައް ހާސިލު ކުރުމަށްފަހު  ކަމަށެވެ..

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް