ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަކީ އެކަމާ ރިގްރެޓް ކުރާ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް ތާއީދު ކުރެއްވުމުން އެކަމާ ރިގްރެޓް ކުރާ ކަމަށާއި، ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްކި ނަމަވެސް މިހާދޭސީކޮށް އަދި މިހާ ޣައިރު ޒިންމާދާރުކޮށް ކަންކަން ހިނގާދާނެ ކަމަށް އުންމީދު ނުކުރަށްވާ ކަމަށެވެ.
އެބްސޮލިއުޓްލީ. ވަރަށް ރިގްރެޓް ކުރަން. އެއީ އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންގެ ސްޓޮކުން. މިވާހަކަ އަޅުގަނޑު ޕީއެންއެފް ޖަލްސާއެއްގައިވެސް ބުނިން. އަޅުގަނޑުމެންގެ މުޑުވަކުން އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކި ބޭފުޅެއް މިއީ އެނގޭތޯ. އެއްވެސް ގޮތަކަށް އުންމީދެއް ނުކުރަން މިހާދޭސީކޮށް މިހައި ޣައިރު ޒިންމާދާރުކޮށް މިހައި ރެކްލެސްކޮށް ކަންތައްތައް ހިނގާދާނެ ކަމަށް އަޅުގަނޑު އުންމީދެއް ނުކުރަން.ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިހާރު ގައުމުގައި ހިނގާ ކަންތައްތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިހާރު ރައްޔިތުން ތަހައްމަލު ކުރަނީ ވަރަށް ހިތްދަތި ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ. ކަންބޮޑުވާ ދެ މައްސަލައަށް އަލިއަޅުއްވާލައްވައި ޔާމީން ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުން ނިމުމަކަށް ނައުމާއި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތް ނުކުރުން ހިމެނޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ގެންނައުމަށް މަސައްކަތް ކުރީ ދެ މައްސަލައަށް ހައްލު ހޯދުމަށް ކަމަށާއި، މިއިން އެއްވެސް ކުރިއަށް ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ޗާގޯސްގައި ފަތުރުވެރިކަން ތަރައްގީ ވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަން ގެއްލޭނެ ކަމަށެވެ. އަދި މޮރިޝަސްއިން އެކަން ކުރުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަނެއްކާ ދިވެހިރާއްޖެއަށް މިއަންނަ ޔަންގް ޓްރެވަލަރޒް ވަރަށް ގިނަ މީހުންނަކީ ސާފަރުން. އެތަނުގައި ހުންނަ ވޭވް. އެތަނުގައި ހުންނަ ވޭވް މާ ބިޔަ ރާއްޖޭގައި މިހުންނަ ސާފިންގ ޕޮއިންޓްގައި ހުންނަ ވޭވް އަށްވުރެ. އެހެންވީމަ އެތަނަކީ ޖިއޮޖިކަލް އެތަނުގެ އެންވަރުމަންޓް ހެބިޓަކީ ދިވެހިރާއްޖެއަށް ވުރެ މާ އަންޓަޗް ތަނެއް. އެހެންވީމަ އެތަނުގައި ހުރި ކޮރަލް ގާޑަންއާއި ހުރިހާ އެއްޗެއް ގުދުރަތީ ރިސޯސްތައް މާ ވަރުގަދަ. އެތަނުގައި ވަރަށް ގަދައަށް ޓޫރިޒަމް ފަށާފިއްޔާ އަޅުގަނޑުމެން އެހުރީ މަލްޓިމިލިއަން ޑޮލަރު އިންވެސްޓްމަންޓް ހަދާފައި އެހުރީ. 600، 400،500 މިލިއަންގެ އިންވަސްޓްމަންޓް ހަދާފައި ޓޫރިޒަމް ދާއިރާއަށް ހުރި ދަތިތައް މިހާރު ފެނިގެން މިދަނީ. ޓެކްސޭޝަން އެހައި ބޮޑުވެ، މިހުރިހާ ކަމެއް ދިޔާމައި. އެހެން ހުއްޓާ އަޅުގަނޑުމެން ވަށައިގެން ޒެންޒިބާރުން، މަޑަކަސްކާއިން، އިންޑޮނޭޝިއާއިން، ބޭންކޮކްއިން އެތައް މިތަނުން ޓޫރިޒަމް އައިސްފައި ޗާގޯސްގައި ޓޫރިޒަމް ފަށާފިއްޔާ މިތަންތަން 60 ޑޮލަރަށް، 70 ޑޮލަރަށް، 80 ޑޮލަރަށް މި ވިއްކަނީ ތެދެއްތޯ. ކިހިނެތްތޯ ރާއްޖެ މިކަމުގައި ކޮންޕީޓް ކުރާނީ. އެހެންވީމަ ޗާގޯސް މައްސަލަ އަޅުގަނޑުމެންނަށް ގެއްލިގެން މިއުޅެނީ ކަނޑުގެ ސަރަހައްދެއް ވެގެން ކަނޑާގުޅޭ ވަސީލަތްތަކާއި މި އެކަންޏެއް ނޫން ތެދެއްތޯ. މީގައި ޓޫރިޒަމް އެންގަލް، ނޫނީ ޓޫރިޒަމް ޑިމެންޝަން އެއްވެސް ބަޔަކު އެވާހަކަ ނުދައްކަނީ އަޅުގަނޑުމެންނަށް ވިސްނޭ އެތަނުގައި ޓޫރިޒަމް ފެށި މިކަންކަން ވެއްޖެ ކަމަށްވަންޏާ. ހަމަ ރާއްޖޭގެ ބީޗަސް އެތަނުގައި ހުރީ އިނގޭތޯ. ގިއޮލޮޖިކަލީ އެއީ އަޅުގަނޑުމެންގެ ޕްލެޓޯގައި އޮތް ތަނެއް ޗާގޯސްއަކީ. އެހެންވީމަ އެތަން ދޫކޮށްލާކަށް ނޫނީ އެތަނަށް ފައިޓަކާ ނުލާ އެކަން ދާކަށް ގަބޫލެއް ނުކުރެވޭ. އެހެންނަމަވެސް އދ އާ ހަމައަށް މިކަން ދިޔާމަ އަޅުގަނޑުމެން އެއަކަށް ދަޖަލެއް ނުކުރަން އިނގޭތޯ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ ޗާގޯސްގައި އަށްވަރަކަށް އަތޮޅު ހިމެނޭއިރު، ރާއްޖެ ކަހަލަ ރީތި ރަށްތަކެއް ހުންނަ ކަމަށާއި، އެތަން އުފެދިފައިވަނީ ރާއްޖެ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ އެތަނުގައި ހުންނަނީ ރާއްޖޭގައި ހުންނަ ކަހަލަ ރީތި މޫދު ތަކެއް ކަމަށެވެ. އަދި ހުރިހާ ގޮތަކަށް ބެލުމަށްފަހު މި މައްސަލާގައި ރާއްޖެއިން ވަކާލާތު ކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.