ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 18:40
ދެކުނު ލުބުނާނަށް އިޒްރޭލަށް ބޮން އެޅުމުގެ ސަބަބުން އިމާރާތްތަކުގެ މަތިން ބޯދުން އަރަނީ
ދެކުނު ލުބުނާނަށް އިޒްރޭލަށް ބޮން އެޅުމުގެ ސަބަބުން އިމާރާތްތަކުގެ މަތިން ބޯދުން އަރަނީ
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
ހިޒްބުﷲ އިން ބުނަނީ ބޯޑަރު ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ކުރިމަތިލާ ވަރުގަދަ އަށް ހަނގުރާމަ ކުރަމުންދާ ކަމަށް
ބުދަ ދުވަހު ހިޒްބުﷲއިން ބުނެފައިވަނީ އިޒްރޭލުގެ ސިފައިންނަށް "ދެކުނު ލުބުނާންގެ އެއްވެސް ރަށެއް މުޅިން ކޮންޓްރޯލްކުރެވިފައި ނުވަތަ މުޅިން ހިފާފައި ނުވާ" ކަމަށެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ބޯޑަރު އަވަށެއްގައި އިޒްރޭލުގެ ސިފައިންނާ ކުރިމަތިލާ ވަރަށް ގާތުން ވަރުގަދަ އަށް ހަނގުރާމަ ކުރަމުންދާ ކަމަށެވެ. ހިޒްބުﷲ އިން މިހެން ބުނިއިރު، އިޒްރޭލުން ހިޒްބުﷲ އާ ދެކޮޅަށް ބިމުގެ އޮޕަރޭޝަންތަކެއް ފަށައިފިކަމަށް ބުނިތާ ހަފްތާތަކެއް ފާއިތުވެގެން ވަނީ ގޮސްފައެވެ.

ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން "އައިތާ އަލް-ޝަޢަބް ރަށުގައި ވަރަށް ގާތުން ބާރުގަދަ ހަމަލާތައް ދެމުންދާ ކަމަށެވެ. އަދި އިޒްރޭލުގެ ސިފައިންނަށް އެހީތެރިވުމަށް އައި މަރްކަވާ ޓޭންކަކަށް ހަމަލާދިން ކަމަށްވެސް ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ހިޒްބުﷲ އެހެން ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ހަނގުރާމަވެރިން އެ ރަށުގައި އިތުރު އިޒްރޭލު ޓޭންކަކަށް ހަމަލާދީ "ހަލާކުކޮށްލި" ކަމަށެވެ.

އަދި މި ޖަމާޢަތުން ބުނެފައިވަނީ އެމީހުންގެ ހަނގުރާމަވެރިން ބޯޑަރުގައިވާ އައިތަރޫން ރަށާ ކައިރީގައި އިޒްރޭލު ސިފައިންނަށް ހަމަލާދިން ކަމަށެވެ. މީގެ ކުރީ ދުވަހު ހިޒްބުﷲ އިން  ބުނީ އެ ސަރަޙައްދަށް ވަންނަން މަސައްކަތްކުރި އިޒްރޭލު ސިފައިން ފަހަތަށް ޖެއްސުވި ކަމަށެވެ.

އިޒްރޭލުން ގެންދަނީ ހިޒްބުﷲ ގެ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާ ކަމަށް ބުނެ ބެއިރޫތުގެ އެތައް އިމާރާތަކަށް ބޮން އަޅާ ބިމާ ހަމަކުރަމުންނެވެ.

ދެކުނު ލުބުނާނަށް އެއްގަމު މަގުން ސިފައިން ފޮނުވާ އިޒްރޭލުން ހިންގަމުންދާ މި ހަނގުރާމައިގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހި، މަދުވެގެން 1،580 މީހުން މަރުވެފައިވާކަމަށް ލުބުނާންގެ އޮތޯރިޓީތަކުން ބުނެފައިވެއެވެ.

ބުދަ ދުވަހު ހިޒްބުﷲއިން ބުނެފައިވަނީ އިޒްރޭލުގެ ސިފައިންނަށް "ދެކުނު ލުބުނާންގެ އެއްވެސް ރަށެއް މުޅިން ކޮންޓްރޯލްކުރެވިފައި ނުވަތަ މުޅިން ހިފާފައި ނުވާ" ކަމަށެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު، ހިޒްބުﷲ އިން ބުނެފައިވަނީ ހައިފާ ކައިރީގައިވާ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދިން ކަމަށެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި މި މަރުކަޒަށް އަމާޒުކޮށް އެ ޖަމާއަތުން ހަމަލާ ދިން ކަމަށް ބުނި ދެވަނަ ފަހަރެވެ. ހިޒްބުﷲ ގެ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން "ހައިފާ ސިޓީގެ އުތުރުގައިވާ 'ޑިފެންސް އިންޑަސްޓްރީ' މަރުކަޒަށް ރޮކެޓް ފުންޏެއް އޮއްސާލި" ކަމަށެވެ. މިއީ ބުދަ ދުވަހު އެ މަރުކަޒަށް ހަމަލާދިންކަމަށް ބުނި ފަހުން ދިން ހަމަލާއެކެވެ. އަދި މި ޖަމާޢަތުން ބުނެފައިވަނީ އުތުރު އިޒްރޭލުގެ ސަފަދު އަވަށަށް ގިނަ ރޮކެޓް ހަމަލާތަކެއް ދިން ކަމަށެވެ.                   

- ކޮމެންޓް