ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 12:59
ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 22 އޮކްޓޫބަރު 2024 ގައި
އަނިޔާ ލިބިފައިވަނީ 8 އަހަރުގެ ފިރިހެން ކުއްޖަކަށް
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 22 އޮކްޓޫބަރު 2024 ގައެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ދެކުނުގެ އަތޮޅުތަކުގައި (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 26 އަހަރުގެ ބިދޭސީ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަހުގީގު ކުރަމުންދާއިރު، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ދެކުނު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި ސްކޫލް ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގުރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 17 އޮކްޓޫބަރު 2024 ގައި ރިޕޯޓުކުރުމާއި ގުޅިގެން އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


Advertisement
- ކޮމެންޓް