ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 07:22
ގުރައިދޫއިން ހައްޔަރުކުރި މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި
ގުރައިދޫއިން ހައްޔަރުކުރި މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެއްޗާއިއެކު ތ. ގުރައިދޫއިން ޒުވާނަކު ހައްޔަރުކޮށްފި
ޒުވާނާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓާއި 9 ސެލޯފިންކޮޅު ފެނިފައިވޭ

ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި މަސްތުވާތަކެއްޗާއެކު ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރު ކުރީ، ފުލުހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާއި ގުޅިގެން މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ގުރައިދޫއިން ހައްޔަރުކުރި މި ޒަވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓާއި 9 ސެލޯފިންކޮޅު ފެނިފައިވާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުމުން، އެ ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި 6 ދުވަހުގެ މުއްދަތަކަށް އޭނާ ބަނދު ކުރުމުގެ އަމުރެއް ނެރެފައެވެ.

ފުލުހުން ބުނީ މިމައްސަލަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 އޯގަސްޓް 2017 | ބުރާސްފަތި 09:18
ވަރުގަދަމީހާ
ތީ ހިތާމަހުރިކަމެއް ކީއްކުރަންތަ ޒުވާނުން ހައްޔަރުކުރަނީ