ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 19:03
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024ގެ ތެރެއިން؛ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024ގެ ތެރެއިން؛ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ސޯޝަލް މީޑިއާ
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 ފައްޓައިފި
މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ. މި މަހާސިންތާ ކުރިޔަށްދަނީ ކްރޮސްރޯޑްސްގައެވެ.

މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެއެވެ.

މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމް އާއި އެމްއެމްޕީއާރްސީގެ ޗެއަރްޕާޝަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގަންނަވައެވެ. 

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024ގެ ތެރެއިން - ސޯޝަލް މީޑިއާ

މި މަހާސިންތާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކުރެވިފައިއެވެ. އަދި މީގެ އިތުރުން ޕެނަލް ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. 

އެމްއެމްޕީއާރްސީ އިން ބުނެފައިވާ ގޮތުގައި މި މަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުމެވެ.

- ކޮމެންޓް