ކ. މާލެ
|
19 އޮކްޓޯބަރ 2024 | ހޮނިހިރު 01:12
10 ރުފިޔާގެ ނޫޓެއްގެ ފޮޓޯއެއް
10 ރުފިޔާގެ ނޫޓެއްގެ ފޮޓޯއެއް
ގެޓީ އިމޭޖަސް
ޓީބިލު
ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ނިންމައިފި
ސަރުކާރުން ވިއްކާ ޓީބިލުތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައި
ޚަބަރުގެ އޯޑިއޯ

މިމަހުގެ 20 ވާ އާދިއްތަ ދުވަހު ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ޖުމްލަ 4.2 ބިލިޔަން ރުފިޔާގެ ޓީބިލު ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ނިންމައިފިއެވެ.

ސަރުކާރުން ވިއްކާ ޓީބިލުތަކުގެ ތެރޭގައި ހިމެނެނީ 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.9 ބިލިޔަން ރުފިޔާގެ ޓީބިލާއި، 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 172 މިލިޔަން ރުފިޔާގެ ޓީބިލެވެ. މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 830 މިލިޔަން ރުފިޔާގެ ޓީބިލާއި، 364 ދުވަހުން އަނބުރާ ދެއްކުމަށް 1.2 ބިލިޔަން ރުފިޔާގެ ޓީބިލު ވިއްކުމަށްވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ވިއްކާ ޓީބިލުތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ސަރުކާރުގައި މިހާތަނަށް ހިނގި ޚަރަދު ހަމަޖައްސަން ދައުލަތަށް ވަންނަ އާމްދަނީގެ އިތުރުން އާމްދަނީ ހޯދުމަށް ޓީބިލް މީގެ ކުރިންވެސް ވިއްކާފައިވާނެ ކަމަށް މިސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ކުރިން ވިދާޅުވެފައިވެއެވެ.

ޓީބިލު ވިއްކަނީ ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ އެއްޗަކަށްވުރެ ޚަރަދުތައް ބޮޑުވުމުން ބަޖެޓް ޑެފިސިޓެއް އުފެދޭ ހިނދު، ކުރުމުއްދަތުގައި ޚަރަދުތައް ފޫބެއްދުމަށް ފައިސާ ހޯދުމަށެވެ.                

- ކޮމެންޓް