ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 06:43
ޖެރޫސަލަމް ދުވަސް އޭޕްރީލް، 5، 2024 ގައި ޔަމަންގައި ފާހަގަ ކުރި އިރު ހޫތީން ގެ މީހަކު ސިންވާރުގެ ޕޯސްޓަރެއް ހިފައިގެން ހިނގާލުމެއްގައި
ޖެރޫސަލަމް ދުވަސް އޭޕްރީލް، 5، 2024 ގައި ޔަމަންގައި ފާހަގަ ކުރި އިރު ހޫތީން ގެ މީހަކު ސިންވާރުގެ ޕޯސްޓަރެއް ހިފައިގެން ހިނގާލުމެއްގައި
އޭޕީ
ޣައްޒާ ހަނގުރާމަ
ސިންވާރު ޝަހީދުކޮށްލުމުން ޖިހާދުގެ ރޫހު ވާނީ އިތުރަށް ވަރުގަދަ: އީރާން
އިޒްރޭލު ސިފައިން ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު ޝަހީދު ކޮށްލިކަން ހާމަކަށްފައިވަނީ ބުރާސްފަތި ދުވަހު

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމުން ސަރަހައްދުގައި ޖިހާދުގެ ރޫހު ވާނީ އިތުރަށް ވަރުގަދަ ކަމަށް އީރާނުން ބުނެފިއެވެ.

އދ. އަށް ކަނޑައަޅާފައިވާ އީރާނުގެ މިޝަން އިން މިހެން ބުނީ ސިންވާރު ޝަހީދު ކޮށްލި ކަމަށް އިޒްރޭލުން ހާމަކުރިތާ މަދު ގަޑީއިރެއްގެ ތެރޭގައެވެ.

ބުރާސްފަތި ދުވަހު އީރާނުގެ މިޝަން އިން "ޖިހާދުގެ ރޫހު ވަރުގަދަވެގެންދާނެ, ޒުވާނުންނާއި ކުޑަކުދިންނަށް އޭނާ މިސާލަކަށްވެ، ފަލަސްތީނު މިނިވަންކުރުމަށް އޭނާގެ މަގުގައި ކުރިއަށްދާނެ ބަޔަކަށް އެމީހުން ވެގެންދާނެ،" ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"ހިސޯރު ކުރުމާއި އަނިޔާވެރިކަން އޮތްހާ ހިނދަކު، ޖިހާދުގެ ރޫހު ދެމިއޮންނާނެ, އެހެނީ ޝަހީދުވި މީހާ އަކީ ދިރިހުރި މީހެއް، އޭނާ އެހެން މީހުންނަށް ވެގެންދާނީ ހިތްވަރު ލިބިގަތުމުގެ މަސްދަރަކަށް،" އީރާނުގެ މިޝަން އިން ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ.

އިޒްރޭލު ސިފައިން ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު ޝަހީދު ކޮށްލިކަން ހާމަކަށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އިޒްރޭލުން ބުނީ ސިންވާރު "ނައްތާލީ" ބުދަ ދުވަހު އެހެން ދެ ހަނގުރާމަވެރިޔަކާ އެކު އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ބުދަ ދުވަހު ކަމުގައެވެ.

ހަމާސް އިން މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް