ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:48
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އަވަސް
ފޭރުމުގެ މައްސަލަ
އައްޑޫސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ފޭރުނު މައްސަލާގައި ދެ ފިރިހެނުން ހައްޔަރުކޮށްފި
ހައްޔަރުކުރީ 40 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެއް
40 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވޭ، 31 އަހަރުގެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

އައްޑޫސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ފޭރުނު މައްސަލާގައި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މައްސަލައެއް 14 އޮކްޓޫބަރު 2024 ވީ ހޯމަ ދުވަހު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މިމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 40 އަހަރު ދިވެހި ފިރިހެނަކާއި، 31 އަހަރު ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ 40 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ އަންގާރަ ދުވަހު ކަމަށާއި، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 31 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

މާލެއާއި، އަތޮޅުތެރޭގައި ފޭރުމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރުމަށް ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. ކުށްމަދު އަމާންވެއްޓެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް