ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 03:39
ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
މި ސަރުކާރުން އުނބަށް ޖެހުން
ހަގީގަތެއް ނެތް ވާހަކަތަކާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ނަތީޖާއަކީ އުނބަށްޖެހުން: ނިޔާޒު
ކުރީ ސަރުކާރާއި، އިންޑިއާ ސަރުކާރާއި ދެމެދު އޮތް ގާތްގުޅުމަކީ އަޅުވެތިކަމުގެ ސިޔާސަތެއް ކަމަށް މިސަރުކާރުން ބުނެފައިވޭ
ކުރީ ސަރުކާރުގައި މަޖިލީހުގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކާއެކު މެދު ވެސް ސުވާލު އުފައްދާފައިވޭ
ރާއްޖެއާއި އަވައްޓެރި ގައުމުތަކާއި، އެގައުމުތަކާއެކު ގޮތް ޒަމާންވީ ގުޅުމަށް އިހުތިރާމް ކުރަންޖެހޭ

ޖަޒުބާތުގައި ރައްޔިތުން ޖައްސައި، ހަގީގަތެއް ނެތް ވާހަކަތަކާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ނަތީޖާއަކީ އުނބަށްޖެހުން ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް މި ސަރުކާރުގެ ބޭފުޅުންނަކީ އިންޑިއާ އާ ގުޅޭގޮތުން ހަގީގާތާއި ހިލާފު ގިނަ ވާހަކަތައް ދެއްކެވި ބޭފުޅުން ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާއި، އިންޑިއާ ސަރުކާރާއި ދެމެދު އޮތް ގާތްގުޅުމަކީ އަޅުވެތިކަމުގެ ސިޔާސަތެއް ކަމަށާއި، މަޝްރޫއުތައް ހިންގަމުންދަނީ އިންޑިއާގެ އުނގަށް ވެއްޓިގެން ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ. އެމްޑީޕީ އާއި އިންޑިއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާފައިވާއިރު، އެމްޑީޕީގެ ސަރުކާރު ހިންގާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ކަމަށް އެބޭފުޅުން ތުހުމަތުކޮށްފައިވާ ކަަމަށް ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ އެދުވަސްވަރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ މަސައްކަތްތަކާމެދު ވެސް މިސަރުކާރުގެ ބޭފުޅުން ސުވާލު އުފައްދާފައިވާ ކަމަށާއި، ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި އެބޭފުޅުން 241 ކޮމެޓީގައި. އަޅުގަނޑު ވެސް 241 ކޮމެޓީގައި މަސައްކަތް ކުރިން. ޔޫޓީއެފް އެގްރިމެންޓް ފަދަ އެގްރިމެންޓް ހައިޑްރޯ ގްރަފީ އެގްރިމެންޓްފަދަ އެގްރިމެންޓްތައް އާއްމު ނުކޮށްގެން އޭގައި އޮތް އެއްޗެއް ނޭނގިގެން އަޅުގަނޑުމެންނަށް އެނގޭ. ނަމަވެސް ޔޫޓީއެފްގެ އެ އެއްބަސްވުން އަޅުގަނޑުމެންނަށް ދެއްކި އެނގޭތޯ. ސިއްރު ބައްދަލުވުމެއްގައި ދެއްކީ އެނގޭތޯ. އެބޭފުޅުންގެ މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ރައީސް ޔާމީންގެ ޑިފެންސް މިނިސްޓަރު އިންނަވާގެން ބައްދަލުވުމުގައި ދެއްކީމަ ވެސް ގަބޫލުނުކުރެއްވި. އޭރު ވެސް ވިދާޅުވީ ގޯސްކޮށް ކަމަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެއިން އެއްވެސް އަކުރެއް ބަދަލެއް ނުކުރޭ. އެކަމަކު އެއޮތީ އެކޮންޓިނިއު ކުރަން ވިދާޅުވެފައި. އެހެންވީމަ ދުނިޔެ ހިނގާ ގޮތް.
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

ނިޔާޒު ވިދާޅުވީ ކޮންމެ މީހެއް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ރާއްޖެއާއި އަވައްޓެރި ގައުމުތަކާއި، އެގައުމުތަކާއެކު ގޮތް ޒަމާންވީ ގުޅުމަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެ ތަރައްގީ ކުރުމަށް އަވައްޓެރި ގައުމުތަކުންނާއި އަދި ބައިނަލްގުވާމީ މުޖުތަމައުއިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމާއި، ވެދިން ސަބަބުތަކާއި މިކަންކަމުގެ މައްޗަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް އިންޑިއާ އާ ދެކޮޅަށް ކުރި އެންޓި ކެންޕޭނާއި، ވެރިކަމަށް ވަޑައިގަންނަވާ ވެސް އިންޑިއާއަށް ގޮންޖެއްސެވިކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ މިއަދު މުޅި މަންޒަރު ބަދަލުވެފައިވާ ކަމަށާއި، އެއީ އުނބަށް ޖެހުން ކަމަށެވެ. އަދި ޖަޒުބާތުގައި ރައްޔިތުން ޖައްސައި، ހަގީގަތެއް ނެތް ވާހަކަ ދެއްކުވުމުން ވާނެ ހުރިހާ ގޮތެއް ގައުމަށް ވަމުންދާ ކަމަށާއި، މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް