ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 18:49
މާލޭ މަސްމާރުކޭޓް ސަރަހައްދު
މާލޭ މަސްމާރުކޭޓް ސަރަހައްދު
މުހައްމަދު ޝަރުހާން
މަސްވެރިންގެ ނުރުހުން
މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި
މަސްވެރިން ވަނީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފަ
މަސްވެރިން އެދެނީ ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމަށް
ފުލުހުން ތަކުރާރުކޮށް ދަނީ މަސްމާރުކޭޓް ކުރިމަތީގައި ނުތިބުމަށް އަންގަމުން

މާލޭ މަސްމާރުކޭޓް ސަރަހައްދުގައި މަސް ވިއްކުމަށް ހަރަކާތްތެރިވާ މަސްވެރިންގެ ކަންބޮޑުވުން މާލޭ ސިޓީ ކައުންސިލާއި ހިއްސާ ކޮށްފިއެވެ.

 

އަންގާރަ ދުވަހު މާލޭ މަސްމާރުކޭޓުގައި މަސްވިއްކާ މަސްވެރިންތަކެއް ވަނީ ސިޓީ ކައުންސިލްއަށް ގޮސް އެމީހުން ކަންބޮޑުވުން ހިއްސާ ކޮށްފައެވެ. މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަސްމާރުކޭޓް ސަރަހައްދުގެ ޖާގައިގެ މައްސަލައެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ މަސްވެރިންގެ ތެރެއިން ގިނަ ބަޔަކު މަސްމާރުކޭޓް ކުރިމަތީގައި މަސްވިއްކަން ތިބޭތީވެ އެމީހުން އެތަނުގައި ނުތިބުމަށް ފުލުހުން ތަކުރާރުކޮށް އަންގަމުންދާ ކަމަށް މަސްވެރިން ބުނެފައިވާ  ކަމަށެވެ. އަދި ޖާގައިގެ މައްސަލައިގެ ކަންބޮޑުވުން މަސްވެރިން ހައުސިންގް މިނިސްޓްރީއަށް ހިއްސާކުރުމުން ، އެކަން ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުންގެ ބެލުމުގެ ދަށުން ކަމަށް ވެސް މަސްވެރިން ބުނެފައިވާ ކަމަށް ސަމާއު ބުންޏެއެވެ.

 

އެހެންކަމުން މަސްވެރިންގެ މައްސަލަ ހައްލުކުރުމަށް މިހާރު ސިޓީ ކައުންސިލުން ކަމާއި ބެހޭ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝަމާއު ފާހަގަކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް