ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 20:17
ކަސްޓީޖާ-ލާ މަންޖާ ބްރިޖް
ކަސްޓީޖާ-ލާ މަންޖާ ބްރިޖް
އައިސްޓޮކް
ނުރައްކާތެރި ޙާދިސާ
ސޯޝަލް މީޑީއާ ކޮންޓެންޓް ހަދަން އުޅުނު ޒުވާނަކު ބްރިޖެއްގެ މަތިން ވެއްޓި މަރުވެއްޖެ
އެ މީހާ ވެއްޓުނު 192 މީޓަރު (630 ފޫޓު) އުސްމިނުގައި ހުރި މި ބްރިޖަކީ، އެ ބްރިޖް ހުޅުވުނުއިރު ސްޕެއިންގެ އެންމެ އުސް ކޭބަލް ބްރިޖް

ސޯޝަލް މީޑިއާ ކޮންޓެންޓް ހަދަން އުޅުނު 26 އަހަރުގެ އިނގިރޭސި ފިރިހެނަކު ސްޕެއިންގެ ބްރިޖަކުން ވެއްޓި މަރުވެއްޖެކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

ސްޕެއިންގެ މެދުތެރޭގައި އޮންނަ ސިޓީއެއް ކަމަށްވާ ތަލަވޭރާ ދެ ލަ ރޭނާގައި ހުރި ކަސްޓީޖާ-ލާ މަންޖާ ބްރިޖަށް އަރަމުން ދަނިކޮށް އޭނާ ވެއްޓުނީކަމަށް އިރިދާ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ހަވާލުވެ ހުރި އެ ސިޓީގެ ކައުންސިލަރު މަކަރޭނާ މުނޯޒް ބުނިގޮތުގައި، ހާދިސާ ހިނގި އިރު އެ މީހާއާއެކު 24 އަހަރުގެ އިނގިރޭސި އެހެން މީހަކު ވެސް ހުއްޓެވެ. އަދި އެ ދެމީހުން އެ ބްރިޖަށް ގޮސްފައިވަނީ ސޯޝަލް މީޑިއާއަށް "ކޮންޓެންޓް" އުފެއްދުމަށްޓަކައެވެ.

އެ ބްރިޖަށް އެރުމަކީ "މުޅިން މަނާކަމެއް" ކަމަށާއި، "އެއްވެސް ހާލެއްގައި އެކަން ނުކުރެވޭނެ" ކަމަށް އޭނާ ބުންޏެވެ. އަދި އެއީ މަނާކަމެއް ކަމަށް ކައުންސިލުން "އެތައް ފަހަރަކު ތަކުރާރުކޮށްފައިވާ" ކަމަށްވެސް އޭނާ ބުންޏެވެ.

ކަސްޓީޖާ-ލާ މަންޖާ ބްރިޖް އިމާރާތްކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. އަދި އެ ބްރިޖް ހުރީ ޓާގަސް ކޯރުގެ މަތީގައެވެ.

192 މީޓަރު (630 ފޫޓު) އުސްމިނުގައި ހުރި މި ބްރިޖަކީ، އެ ބްރިޖް ހުޅުވުނުއިރު ސްޕެއިންގެ އެންމެ އުސް ކޭބަލް ބްރިޖެވެ.

- ކޮމެންޓް