ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 19:48
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕާސަން، އަރުނީ ގޫނެތިލެކެ އަދި ސީއީއޯ ނޮއެލް ގްރެގޮރ ޕެޓަރސަން-ޖޯންސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕާސަން، އަރުނީ ގޫނެތިލެކެ އަދި ސީއީއޯ ނޮއެލް ގްރެގޮރ ޕެޓަރސަން-ޖޯންސް
ރައީސް އޮފީސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް 12 އޮކްޓޯބަރު 2025 ގެ ނިޔަލަށް ފަށަން ޖެހޭނެ: އެމްއެމްއޭ
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދުމުގެ ލައިސަންސް ދޫކޮށްފައިވަނީ އޮކްޓޯބަރު 13 ވަަނަ ދުވަހު

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ގެ ޚިދުމަތް 12 އޮކްޓޫބަރު 2025 ގެ ނިޔަލަށް ފަށަންޖެހޭ ގޮތައް ހަމަ ޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިހެން ބުނީ، އެ ބޭންކު އުފެއްދުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭންކިން ލައިސަންސް ދޫކުރުމަށް ފަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެއްގެ ގޮތުގައި އުފެއްދި ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތް ފެށުމުން، އިޤްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފު ވެގެންދާނެ ކަމަށް ދެކޭ ކަމަށް އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"މި އޮތޯރިޓީއިން ދެކޭ ގޮތުގައި މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މަލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް