ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 15:07
ާއއ.ރަސްދޫ
ާއއ.ރަސްދޫ
ސޯޝިއަލް މީޑިއާ
ސްނޯކްލިންނަށް ދިޔަ ފަތުރުވެރިއަކު މަރުވުން
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ
މަރުވެފައިވަނީ 27 އަހަރުގެ ޗައިނާ ފިރިހެނެއް
އޭނާ މަރުވާން ދިމާވި ސަބަބެއް ފުލުހުން ހާމަކޮށްފައިނުވޭ
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

އއ.ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ 27 އަހަރުގެ ޗައިނާ ފިރިހެނެކެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ އއ. ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންނަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައިވާ ކަމަށް 13 އޮކްޓޫބަރު 2024 ވީ އާދިއްތަ ދުވަހުގެ ހެނދުނު 11:22 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ މަރުވާން ދިމާވި ސަބަބެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. އަދި މިހާދިސާއާ ގުޅޭގޮތުން ރަސްދޫ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރަސްދޫއަކީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް