ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 20:04
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ލައިސަންސް ދޫކުރުން
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ލައިސަންސް ދޫކުރުން
@އެމް_ސައީދު
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ލައިސަންސް ދީފި
ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭއިން) ދީފިއެވެ.

ޑިވެލޮޕްމަންޓް ބޭންކަށް އެމްއެމްއޭ އިން ލައިސަންސް ދީފައިވަނީ 13 އޮކްޓޯބަރު 2024 ވީ އާދިއްތަ ދުވަހުއެވެ.

ލައިސަންސް ދިނުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އަމިއްލަ ފުޅު އެކްސް އެކައުންޓުގައި ވިދާޅުވެފައިވަނީ "ޑިވެލޮޕްމަންޓް ބޭންކިން އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިސަންސް ލިބުމަކީ ޝަރަފެއް،" ކަމުގައެވެ. އަދި މިއީ "ތާރީޚީ މުނާސަބަތެއް" ކަމުގައެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދިކަން ސަރުކާރުން އިއުލާން ކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ 16 ވަނަ ދުވަހުއެވެ.

ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައިމަހުއެވެ. އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސަންސާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުހައްމަދު ސަޢީދުއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަން ކޮށްފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރޫނީ ގުނިޓެލެކީއެވެ. އެ ބޭންކްގެ ސީއީއޯގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ނޮއެލް ގްރެގަރއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް