ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 14:42
ފުލުހުން ހޯދުމަށް އިއުލާން ކޮށްފައިވާ ތިން މީހުން
ފުލުހުން ހޯދުމަށް އިއުލާން ކޮށްފައިވާ ތިން މީހުން
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން
ފުލުހުން ތަހުގީގު ކުރަމުންދާ ތިން މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އިއުލާން ކޮށްފި
ހޯދަމުން ދަނީ ތިން ފިރިހެނުން

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

މައްސަލަތަކާ ގުޅިގެން ހޯދަމުން ދަނީ ކ. ކާށިދޫ، ދަފްތަރު ނަންބަރު 02، އިބްރާހިމް ނިޔާޒް (32އ) އާއި ނ. މާފަރު، ސިމްލާހައުސް، މުޙައްމަދު ޢަބްދުލްމަޖީދު (24އ) އަދި ލ. އިސްދޫ، ދޫރެސް، މަޢުޞޫމު ފަހުމީ، (36އ) އެވެ.

މީހުންގެ ތެރެއިން އިބްރާހިމް ނިޔާޒް ހޯދަމުން ދަނީ 2017 މެއި 06 ވަނަ ދުވަހުގެ ވަގުތެއްގައި ޝަމީމް ނަމަކަށްކިޔާ ކޮޅުވެއްޓިއަކުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މުޙައްމަދު ޢަބްދުލްމަޖީދު ހޯދަމުން ދަނީ 2017 ޖޫން 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މައުޞޫމް ފަހުމީ ހޯދަމުން ދަނީ 2017 ޖޫން 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ ޗެކް ބައުންސް މައްސަލައަކާ ގުޅިގެންނެވެ.

މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް