ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 14:16
އެއްވުމެއްގެ ތެރެއިން ފުލުހުން އާންމު ރައްޔިތެއްގެ އަަތުގައި އޮތް ލިޔުމެއް ލިޔެފައިވާ ބޯޑެއް އަތުލަން މަސައްކަތްކުރަނީ --
އެއްވުމެއްގެ ތެރެއިން ފުލުހުން އާންމު ރައްޔިތެއްގެ އަަތުގައި އޮތް ލިޔުމެއް ލިޔެފައިވާ ބޯޑެއް އަތުލަން މަސައްކަތްކުރަނީ --
މުހައްމަދު ޝަރުހާން
މަޖިލީހުގެ 241 ކޮމެޓީ
ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް ފުރައްސާރަ ކުރާތީ، އެމައްސަލަ 241 ކޮމެޓީއަށް ހުށަހަޅައިފި
އެއްވުންތަކުގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުން ކުރާކަމަށް އެމައްސަލައިގައި ބުނެފައިވޭ
ފިރިހެން ފުލުހުން އަންހެން ކަނބަލުންގެ ގަޔަށް އަތްލައި ފުރައްސާރަ ކުރާކަމަށްވެސް ބުނެފައިވޭ
އާންމު ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށްވެސް އެމައްސަލައިގައި ބުނެފައިވޭ

އެއްވުންތައް ރޫޅާލުމުގައި އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮށް، އަންހެނުންގެ ގަޔަށް ފިރިހެނުން އަތްލައި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރަމުން ދާތީ، އެކަންކަން ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއިން މިހާތަނަށް ކޮށްފައިވާ ކަންކަމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދުދީދީ، މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާފައިވާ  އެމައްސަލައިގައި ވަނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތީ  ޚިދްމަތް ފޮރުކޮށްދޭން އޮންނަ މުއައްސަސާއަކަށްވެފައި، ތަކުރާރުކޮށް ފުލުހުންގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ)، (ށ)، އަދި (ނ)ގައިވާ މަގްސަދުތަކާއި ހިލާފުވާ ގޮތަށް ފުލުހުން އަމަލުކުރަމުން އަންނަ ކަމަށެވެ.

 މި މައްސލައިގެ ލިޔުމުގައި ފުލުހުންގެ އިދާރާގެ ފަރާތުން އެކިފަހަރުމަތިން އާންމު ރައްޔިތުންނަށް އެކި ދެންނެވުންތައް އާއްމުކޮށްގެން އިއުލާންކޮށް، އެފަދަ ދެންނެވުންތަކުގައި، ވަކިވަކި ފުލުހުންގެ ފޮޓޯ އާންމު ނުކުރުމަށް އަންގާ، ފުލުހުންނާ މުއާމަލާތް ކުރުމުގައި، ފުލުހުންގެ އަމިއްލަ ޒާތާއި އަދި އަބުރަށް ހުތުރުވާގޮތަށް މުއާމަލާތް ކުރާނަމަ އެކަން ކުރާ އާންމު ރައްޔިތުންނާމެދު ފިޔަވަޅު އަޅާކަމަށް ބުނެފައިވެއެވެ. އަދި ގާނޫނީ ގޮތުން ދައުވާ ކުރާނޭ ކަމުގެ ބިރު އާންމު ރައްޔިތުންނަށް ދައްކަމުންދާ ކަމަށްވެސް ކޮމެޓީއަށް ހުށަހެޅި އެމައްސަލައިގައި ބުނެފައި ވެއެވެ.

މީގެއިތުރުން، ވަކިވަކި ފުލުހުން އާންމު ރައްޔިތުންނާ މުހާތަބު ކުރުމުގައި ހަޑިހުތުރު އިބާރާތް ބޭނުން ކުރުމާއި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުން ކަމަށް ބެލެވޭ އިބާރާތުން މުހާތަބު ކުރުމާއި އަންހެނުން ގައިގައި ފިރިހެން ފުލުހުން ހިފަހައްޓާ އަތްލައި ހެދުންފަދަ އަމަލުތައް ހުޓުވުމަށް ފުލުހުންގެ މުއައްސަސާއިން މިހާތަނަށް ކޮށްފައިވާ ކަންކަމަކީ ކޮބައިތޯ އާއި، މިފަދަ އަމަލުތައް ކުރާ ފުލުހުންނާއި ދޭތެރޭ އަޅާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފު ކޮށްދެއްވުމަށް އެދި 241 ކޮމެޓީއަށް ހުށަހަޅާފައިވާ އެމައްސަލައިގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް