ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 12:15
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ނުކުރުން
މި ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދަނީ ހުދު ކާފޫރުހެން: ޔާމީން
އެއްވެސް ސަރުކާރަކުން ކޮރަޕްޝަންގެ މައްސަލަތަކަށް އަހައްމިއްޔަތުންދީ މައްސަލަތައް ބަލައިތޯ ޔާމީން ސުވާލު އުފެއްދެވި
ބޮޑު ވައްކަމެއް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މިސަރުކާރުގެ އިސްބޭފުޅުން ގުޅުން ބާއްވާ
އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލަން މިސަރުކާރުން ބޭނުމެއް ނުވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ނުކުމެ މުޖުތަމައު ތެރޭގައި އެޅެމުންދަނީ ހުދު ކާފޫރުހެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވާ ޔާމީން ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑު ކަމަށެވެ. އެއްވެސް ސަރުކާރަކުން ކޮރަޕްޝަންގެ މައްސަލަތަކަށް އަހައްމިއްޔަތުންދީ މައްސަލަތައް ބަލައިތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.

ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރަށް ކޮރަޕްޝަންއާ ގުޅޭގޮތުން މި ސަރުކާރުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ތެރޭގައި ނޭވާ ހޮޅިން ވައްކަންކޮށްފައިވާ ކަމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވެފައިވާކަން ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ކޮރަޕްޝަންގެ މައްސަލަތަކަށް ވަރަށް ބޮޑަށް އަހައްމިއްޔަތުދީ، ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ. ކޮރަޕްޝަނާއި ދެކޮޅަށް ރައީސް ސާލިހުގެ ސަރުކާރުގައި ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށާއި، މިސަރުކާރުގައި ވެސް ފެނިގެންދަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މުޖުތަމައު ތެރޭގައި ހުދު ފޮތިގަނޑެއްގެ ހެން އަދި ހުދު ކާފޫރުހެން އުޅެމުންދާ މަންޒަރު ކަމަށެވެ.

ދިވެހިރާއްޖޭގައި އަލަށްތޯ ކޮރަޕްޝަން މިއުޅެނީ. މީގެ ކުރިން ވެސް ކޮރަޕްޝަންގެ ބޮޑެތި ވާހަކަތައް އަޑު އެހިން. ސަރުކާރުތަކުން މައްސަލަ ބެލިހޭ ނުބަލާ ހެއްޔޭ. ދެން އެކަމަކު ރައްޔިތުން މި ވޯޓު ދެނީއޭ. އެނެއްކާ އެކަންކަމުގައި ހިމެނިފައި ތިބި މީހުން ވެސް ހަމަ އެއްވެސް ކަހަލަ މައްސަލައެއް ނެތި މިއުޅެނީ މުޖުތަމައުގެ ތެރޭގައި ހުދު ފޮތިގަނޑެއްގެ ގޮތަށް ދޮވިގެން ނުކުމެ މިއުޅެނީ އެނގޭތޯ. ހަމަ ހުދުކާފޫރު ކަހަލަ މީހުން މިއުޚެނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް އަހަމިއްޔަތުކަން ނުދޭ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފެއްދަވާ ވިދާޅުވީ ބޮޑު ވައްކަމެއް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މިސަރުކާރުގެ އިސްބޭފުޅުން ގުޅުން ބާއްވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މި ހިޔާނާތް އިންސާފުވެރިކަމާއެކު ބަލައި ތަހުގީގު ކުރާނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް މި މައްސަލަ ސަރުކާރުން ބަލަން ބޭނުން ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ ހަމައެކަނި ދައްކާލާ ވާހަކައަކަށް މިސަރުކާރުން ހަދާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ދައްކާ ވާހަކައާއި އަމަލު ދިމާނުވާތީ ރައްޔިތުން މިސަރުކާރާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ރައްޔިތުން މިއަދު ތިބީ ރައީސް މުއިއްޒުގެ ފަޅީގައި ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް
5 އޮކްޓޯބަރ 2024 | ހޮނިހިރު 13:23
ނަންނި
މަނިކުފާނައް ކުރާ ވައްކަމާ ކޮކޮޕްޝަންގެ ތުހުމަތު އެގިވަޑައި ނުގަންނަވަނީތޯ މީއަޅުގަޑުގެ ހިތުގަ އުފެދޭ ސުވާލެކެވެ. ރާއްޖޭގަ ހިގި އެންމެ ބޮޑު ވައްކަންހިގީ މަނިކުފާނުގެ ސަރުކާރުގަ މަނިކުފާނުވެސް އޭގަ ބައިވެރިވެގެންނުންތޯ ހަތްގުދު އިންނަ މީހާވެސް އެއްގުދު އިންނަ މީހާޔާދިމާލައްވެސް ގުދޯގުދޯ ގޮވާގޮތައް ތިވާހަކަފުޅު ތިދައްކަވަނީ ތިދަރަޖަޔައް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ބެއްޓުނީމަ ހިތާމަކުރަން ޑރ.މުއިއްޒުތޯ މަނިކުފާނަށް ރައީސް ކަމައް ކުރިމަތި ނުލެވޭ ގޮތައްހެއްދެވީ ވާހަކަ ދައްކަވަން އަނގަ ހުޅުވަން ލަދުހަންނަން ޖެހޭނެ އަމިއްލަޔައް