ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 12:53
މޫނުބުރުގާ އަޅައިގެންތިބި އަންހެނުންތަކެއް
މޫނުބުރުގާ އަޅައިގެންތިބި އަންހެނުންތަކެއް
ޓްވިޓަރ
މޫނުބުރުގާ މަނާކުރުން
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް
ސަލަފު ޖަމްއިއްޔާއިން ވަނީ މޫނުބުރުގާ އަޅައިގެން ވަޒީފާ ގެއްލުނު ކަނބަލުންނަށް ހިތްވަރު ދެއްވާފަ

މޫނު ބުރުގާ އާއި ފިރިހެނުންގެ ތުނބުޅި އާއި އެނޫންވެސް އިސްލާމީ ޝިއާރުތަކާއެކު ދިވެހިރާއްޖޭގައި ކޮންމެ މީހަކަށްވެސް ވަޒީފާ އަދާކުރެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަދަބުވެރިކަމާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ޖަމިއްޔަތު ސަލަފް އިން އިލްތިމާސް ކޮށްފި އެވެ.

ޖަމިއްޔަތު ސަލަފުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްލާމުދީނާއި އަދި އިސްލާމީ ޝިއާރުތަކާއި ދެކޮޅަށް ކުރެވެމުން އަންނަ މިފަދަ އަމަލުތަކާމެދު އެންމެހާ ދިވެހިން ހޭލާ ތިބުމަށް އެ ޖަމްއިއްޔާއިން ގޮވާލާ ކަމަށެވެ.

ސަލަފު ޖަމްއިއްޔާ އިން ބުނީ މޫނު ބުރުގާ އަކީ އިސްލާމީ ޝިއާރެއްކަމާއި އަދި އެ ފޭރާންއެޅުމަކީ "ދީނީ ހައްދު ފަހަނަ އަޅާދިއުން ނޫންކަމަށް"، އިސްލާމިކް މިނިސްޓްރީން "ﷲ ގެ އިންތައް ފަހަނައަޅާނުދާށެވެ." މިޝިއާރުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެ 19-21 ގައި ބޭއްވި އިލްމުވެރިންގެ ބޮޑު މަހާސިއްތާއިން ނިންމާފައިވާ ކަމަށެވެ.

ސަލަފް ޖަމިއްޔާއިން މި ބަޔާން ނެރެފައި މިވަނީ މޫނު ބުރުގާ އަޅައިގެން ސަރުކާރުގެ ސްކޫލްތަކަށް ކިޔަވައިދޭން ވަޑައިގަންނަވާ ބައެއް ޓީޗަރުން ވަޒީފާއިން ވަކި ކުރަމުންދާތީ އެވެ.

ސަލަފް ޖަމްއިއްޔާއިން ބުނީ ތިމާ ގަބޫލު ކުރަމުން އައި ޝަރުއީ އުސޫލް، ވަޒީފާގެ ބިރައްޓަކައި ދޫކޮށްނުކޮއްލައި މޫނު ބުރުގާ ނުބާލައި އިއްފަތްތެރިކަމުގެ އިސްލާމީ އަޤީދާ އިސްކުރެއްވި "ހިތްވަރުގަދަ ޤާބިލް ލޮބޮވެތި އެންމެހާ ޓީޗަރުން" އެދެއްކެވި "ލާމަސީލު ނަމޫނާ" އެ ޖަމްއިއްޔާއިން ފާހަގަކޮށް އެކަނބަލުންނަށް ސާބަސް ދޭކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 އޯގަސްޓް 2017 | ބުދަ 17:52
ބާގިރު
ތިޔަ ބުނަނީ ދީނީ ޝިޢާރެއްގެ ވާހަކަ. ޢަދުލު އިންސާފަކީ މުޅި އިސްލާމީ ޝަރީޢަތް. ކޮބާ ސަލަފު ޖަމިއްޔާ؟ ސަލަފު ޖަމިއްޔާގެ އަޑު މި އިވެނީ މޫނު ބުރުގާ، ތުނބުޅި، ފައިކުރި، މިއިން ކަމަކަށް ހުރަސް އެޅީމަ.