ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 20:02
ޑރ. މައުރޫފް ހުސެއިން
ޑރ. މައުރޫފް ހުސެއިން
ސޯޝަލް މީޑިއާ
އީރާން-އިޒްރޭލް ހަނގުރާމަ
މުޅި އުންމަތުގެ އެންމެން ފިލާތިބި ވަގުތެއްގައި މަރާއި ކުރިމަތިލާން ކެރުނު ހަމައެކަނި އިސްލާމީ ގައުމަކީ އީރާން: ޑރ. މައުރޫފް
މިފަދަ ނާޒުކު ވަގުތެއްގައި ބައެއް ފަތުވާތައް އެންމެހައި ޝިޔަޢީންގެ މައްޗަށް ޢާންމުކޮށް، ބަދު ދުޢާ ކުރާނީ ދުނިޔޭގެ އެކޮޅު މިކޮޅު ނުދަންނަ، އިސްލާމީ އުންމަތަށްޓަކައި ރަޙުމެއް ނެތް މީހުން

މުޅި އުންމަތުގެ އެންމެން ފަހަތަށް ޖެހި ފިލާތިބި ވަގުތެއްގައި ފަލަސްޠީނާއި ލުބުނާނުގެ ހިތްވަރުގަދަ މުޖާހިދުން ގޮވައިގެން މައިދާނުގެ އެންމެ އިސް ސަފަށް ނިކުމެ މަރާއި ކުރިމަތިލާން ކެރުނު ހަމައެކަނި އިސްލާމީ ގައުމަކީ އީރާނު ކަމަށް ޑރ. މައުރޫފް ހުސެއިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ސާޖަން ޑރ. މައުރޫފް ވިދާޅުވީ، މިއީ އީރާނަށް ސާބިތު ކަމާއި ނަސްރު ދެއްވުން އެދި ދުޢާކުރަންވީ ވަގުތު ކަމަށެވެ.

"ހަނގުރާމައިގެ މައިދާނުގައި މުޅި އުންމަތުގެ އެންމެން ފަހަތަށް ޖެހި ފިލާތިބި ވަގުތެއްގައި ފަލަސްޠީނާއި ލުބުނާނުގެ ހިތްވަރުގަދަ މުޖާހިދުން ގޮވައިގެން މައިދާނުގެ އެންމެ އިސް ސަފަށް ނިކުމެ މަރާއި ކުރިމަތިލާން ކެރުނު ހަމައެކަނި އިސްލާމީ ގައުމު ކަމުގައިވާ އީރާނީންނަށް ސާބިތު ކަމާއި ނަސްރު ދެއްވުން އެދި ދުޢާކުރަންވީ ވަގުތެވެ." ޑރ. މައުރޫފް ވިދާޅުވިއެވެ.

އެކްސްގައި ބުދަ ދުވަހު ޑރ. މައުރޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިއީ ދެ ޝަހާދަތާއި، ޤިބުލަޔާއި، ވުޟޫއާއި ނަމާދުގެ އަހުލުވެރިން އެމީހުންގެ މަތިވެރި ربّ އާއި، ލޮބުވެތި ރަސޫލާއާއި މާތް ދީނަށްޓަކައި އެއްބައިވެ،" ތިބެންވީ ވަގުތު ކަމުގައެވެ.

އީރާނުން އިޒްރޭލަށް އަންގާރަ ދުވަހުގެރޭ ފޮނުވާލި ވަރުގަދަ މިސައިލް ތަކުގެ ވަރަށް ގިނަ މިސައިލްތައް އިޒްރޭލުގެ އެކިއެކި މިލިޓަރީ އަމާޒު ތަކަށް ވާޞިލް ވީ ކަން ވީޑިއޯ ތަކުން ފެނިގެން ދިޔަ ކަމަށާއި، ދަޢުވާ ކުރާ ގޮތާ ޚިލާފަށް އިޒްރޭލުގެ ދިފާޢީ ނިޒާމަކީ ފޫދުއްވާލެވިދާނެ އެއްޗެއްކަން ރޭގައި ސާބިތު ވެއްޖެ ކަމަށް ޑރ. މައުރޫފް ވިދާޅުވިއެވެ.

"ފަލަސްޠީނާއި ލުބުނާންގެ މުސްލިމުންގެ ބޮލަށް ބޮން އަޅަމުން، އެތައް ހާސް މުސްލިމުން މަރަމުންދާ ޖައްބާރު އިޒްރޭލުގެ މީހުންނަށް ރެއަކީ ބިރުވެރި ރެއެކެވެ. އަދި ފަލަސްޠީނާއި ލުބުނާނާއި އަދި އުންމަތުގެ އެންމެހައި މުސްލިމުންނަށް ކުޑަނަމަވެސް ތަސައްލީ އަކާއި ހިތްހަމަ ޖެހުމެއް ލިބުނު ރެއެކެވެ." އިސްލާމީ ތާރީޚަށް ޝައުގުވެރިކަން ބަހައްޓަވާ މައުރޫފް ލިޔުއްވާފައިވެއެވެ.

ޑރ. މައުރޫފް ފާހަގަ ކުރެއްވި ގޮތުގައި، އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއާއި ޔޫރަޕުން އެ ގައުމު ސުންނާފަތި ކޮށްލުމަށް ތެދުވާނެއެވެ. އަދި ސަރަޙައްދުގައި ތިބި ޣަދަރުވެރި ސަޢޫދީ، އަމިރާތީ (އެމިރޭޓްސް) ފަދަ ރަސްކަންތަކުން ސީދާ އަދި ނުސީދާ ގޮތުގައި އިޒްރޭލަށާއި އެމެރިކާޔަށް ނަސްރު ދޭނެއެވެ. 

"މިފަދަ ނާޒުކު ވަގުތެއްގައި ސުންނީ - ޝިޔަޢީ ތަފާތު ބޮޑުކޮށް، ޝީޢީންގެ "ޣުލާތުން" (ނުވަތަ އެމީހުންގެ ތެރެއިން ޙައްދު ފަހަނައަޅާފައިވާ ތަކެތި ގަބޫލު ކުރާ ފިރުގާތަކުގެ) ގެ މައްޗަށް ކުރީގެ ޢިލްމުވެރިން ދެއްވާފައިވާ ބައެއް ފަތުވާތައް އެންމެހައި ޝިޔަޢީންގެ މައްޗަށް ޢާންމުކޮށް، ބަދު ދުޢާ ކުރާނީ ދުނިޔޭގެ އެކޮޅު މިކޮޅު ނުދަންނަ، އިސްލާމީ އުންމަތަށްޓަކައި ރަޙުމެއްނެތް، އަމިއްލަ އެދުމާއި ނިފާގު ގެ ކުލަ ޖެހިފައިވާ މީހުންނެވެ." ޑރ. މައުރޫފް ވިދާޅުވެފައިވެއެވެ.                         

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
- ގުޅުންހުރި
ހަނިއްޔާ އަވަހާރަކޮށްލި ހާދިސާއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އީރާނުގެ އަސްކަރިއްޔާގެ އަދި އިންޓެލިޖެންސްގެ އިސް އޮފިސަރުންތަކެއް ހައްޔަރު ކޮށްފި
އިރާން، ހިޒްބުﷲ އިން ކުރިއަށް އޮތް 24 ނުވަތަ 48 ގަޑީއިރު ތެރޭ އިޒްރޭލަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖީ-7 ގެ ޚާރިޖީ ވަޒީރުންނަށް ދަންނަވައިފި
އިޒްރޭލަށް ހަމަލާ ދިނުން ހިޒްބުﷲ އަށާއި އީރާނަށް ވާޖިބު: ހިޒްބުﷲ ގެ ވެރިޔާ
އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން: އީރާނުގެ ޗީފް ކޮމާންޑަރ
އީރާން އާއި ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ހީކުރި ވަރަށް ވުރެ ލަސްވެއްޖެ
އިޒްރޭލް ހިމާޔަތް ކުރަން އެމެރިކާއިން އެފް-22 ބޯޓުތައް ގަލްފަށް ފޮނުވައިފި
އީރާން އަކަށް އަދި އިޒްރޭލަކަށްވެސް އުރުދުން ހަނގުރާމައިގެ މައިދާނަކަށް ނުހެދޭނެ: އުރުދުންގެ ޚާރިޖީ ވަޒީރު
އެމެރިކާއިން މެދުއިރުމައްޗަށް ގައިޑެޑް މިސައިލް ސަބްމެރީން ފޮނުވަން ނިންމައިފި: ޕެންޓަގަން