ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 07:48
އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް ގައި ތިބި އެމެރިކާގެ ސިފައިން (ފައިލް)
އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް ގައި ތިބި އެމެރިކާގެ ސިފައިން (ފައިލް)
ރޮއިޓާސް
އިރާގު
އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަށް ރޮކެޓް ހަމަލާތަކެއް ދީފި
އެއް ރޮކެޓް އިރާގުގެ އަސްކަރީ އޮފިސަރުން ބޭނުންކުރާ އިމާރާތްތަކާ ކައިރިއަށް ވެއްޓި، ބައެއް އުޅަނދުފަހަރަށް ގެއްލުންވެ އަލިފާން ރޯވިކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހުގެ ފަތިހު، ބަޣުދާދު އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރީގައިވާ އެމެރިކާގެ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް މަދުވެގެން ދެ ކަޓިއުޝާ ރޮކެޓް ހަމަލާ ދީފި ކަމަށް އިރާގުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް އިން ބުނެފިއެވެ.

ދެ ރޮކެޓަކަށް ވައިގެ ދިފާއީ ބާރުން ހުރަސްއެޅި ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ބައެއް ވީޑިއޯ ތަކުން އެ ސަރަހައްދުގައި ރޯވެފައިވާ މަންޒަރުތައް ވަނީ އާންމުވެފައެވެ.

ދެ ސެކިއުރިޓީ މަސްދަރަކުން ބުނެފައިވާ ގޮތުގައި، ތިން ރޮކެޓް އެ ސަހަރައްދަށް ވާސިލުވިއެވެ. އޭގެ ތެރެއިން އެއް ރޮކެޓް އިރާގުގެ އަސްކަރީ އޮފިސަރުން ބޭނުންކުރާ އިމާރާތްތަކާ ކައިރިއަށް ވެއްޓި، ބައެއް އުޅަނދުފަހަރަށް ގެއްލުންވެ އަލިފާން ރޯވިއެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވާކަމަށް ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅޭގޮތުން އެމެރިކާއިން އަދި އެއްވެސް ރަސްމީ އެއްޗެއް ބުނެފައެއްނުވެއެވެ.

އެމެރިކާ އާއި އީރާނާ ދެގައުމާވެސް ގުޅުން ބާއްވާ އިރާގުގައި، 2,500 އެމެރިކާ ސިފައިން ތިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް