ރޯޒްމޭރީ އޮއިލް: ބޮލުން އިސްތަށި ފައިބާ ނަމަ ބޭނުންކޮށްލަން އެއްވަނައިގެ ތެލެއް
29 ސެޕްޓެންބަރ 2024 | އާދީއްތަ 13:36
ރޯޒްމެރީގައި ބޮލުން އިސްތަށިފޭބުން މަދުކޮށްދޭ ގުދުރަތީ މާއްދާތައް ހުރޭ
ރޯޒްމެރީގައި ބޮލުން އިސްތަށިފޭބުން މަދުކޮށްދޭ ގުދުރަތީ މާއްދާތައް ހުރޭ
ރާއްޖެއެމްވީ ގްރެފިކްސް

ބޭނުންވާނެ ތަކެތި:

  1. ރޯޒްމެރީ (ފްރެޝް/ޑްރައިޑް)
  2. ކާށި ތެޔޮ/ ޒައިތޫނި ތެޔޮ/ ހޮހޯބާ އޮއިލް

ތައްޔާރުކުރާނެ ގޮތް:

ގާތްގަނޑަކަށް 1 ޖޯޑު ރޯޒްމޭެރީ ކުދި ކުދިކޮށް ކޮށާލާށެވެ. ފްރެޝް ރޯޒްމެރީ ބޭނުންކުރާ ނަމަ ރަނގަޅަށް ފެން ހިއްކާލަން ވާނެއެވެ. އެއަށް ފަހު ސާފު، ބިއްލޫރި ކޮންޓެއިނަރ އަކަށް ރޯޒްމޭރީ އެޅުމަށްފަހު އޭގެ ތެރެއަށް ތެޔޮކޮޅު އަޅާލާށެވެ. ރޯޒްމެރީ ތެޔޮ އިންފިއުޒްކުރުމަށް ދެ ގޮތެއް ބޭނުންކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ، ތެޔޮ އަޅާފައިވާ ފުޅި ރަނގަޅަށް ބަންދުކޮށް އަވި ލިބޭ ތަނެއްގައި 1-2 ހަފުތާއަށް ބަހައްޓައި، ކޮންމެ 2-3 ދުވަހަކުން އެއްފަހަރު މަޑުމަޑުން ހާކާލުމެވެ. ދެވަނަ ގޮތަކީ، ތެޔޮކޮޅު 1-2 ގަޑިއިރު ވަންދެން މަޑު ގިނީގައި ހޫނުކޮށްލުމެވެ. އިންފިއުޒަން ނިމުމުން، ޗީޒްކްލޯތެއް ނުވަތަ އެކަހަލަ ތުނި ފޮތިކޮޅެއް ބޭނުންކޮށްލައިގެން ތެޔޮ ކޮޅު ފުރާނާލާށެވެ.

މަދުވެގެން 20 މިނެޓް ވަންދެން، އިސްތަށިގަނޑުގެ ބުޑުތަކުގައި ޖެހޭގޮތަށް މަސާޖުކުރަންވާނެއެވެ. އެންމެ އެދެވޭ ނަތީޖާއެއް ބޭނުންވާނަމަ ހަފްތާއަކު 1-2 ފަހަރު ބޭނުންކޮށްލާށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް