ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 06:08
ރައީސް އަބްދުﷲ ޔާމީން، ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރައީސް އަބްދުﷲ ޔާމީން، ޑރ. މުހައްމަދު ޖަމީލް އަހުމަދު
ގޫގުލް
ރައީސް ޔާމީންގެ ވާހަކަފުޅު
އަބްދުﷲ ޔާމީނަށް، ރައީސުލްޖުމްހޫރިއްޔާގެ ލަޤަބުން މުހާތަބުކުރުންވެސް މިހާރު ސައްހަ ނުވާނެ: ޑރ. ޖަމީލް
ޝަރުއީ މިންގަނޑުގެ ތެރޭގައި އަމިއްލަ އިޤުރާރަކީ އެންމެ ވަރުގަދަ ހެކި
ރައީސް އަބްދުﷲ ޔާމީން އޭގެ ޒާތުގައި ހުންނެވީ އަޒުލުވެފައި
ރައީސް އަބްދުﷲ ޔާމީން ހާމަކުރައްވާފައިވަނީ ވަރަށް ކުޑަ މިންވަރެއް

އަބްދުﷲ ޔާމީނަށް، ރައީސުލްޖުމްހޫރިއްޔާގެ ލަޤަބުން މުހާތަބުކުރުންވެސް މިހާރު ސައްހަ ނުވާނެކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޝަރުއީ މިންގަނޑުގެ ތެރޭގައި އަމިއްލަ އިޤުރާރަކީ އެންމެ ވަރުގަދަ ހެކި ކަމަށެވެ. އަދި އޭގެއިތުރުން އެހެން ޤަރީނާތަކާއި ބައްޔިނާތައްވެސް އެބަހުރިކަމަށް ޖަމީލް ވިދާޅުވި އެވެ.

 

"ޝަރުއީ މިންގަނޑުގެ ތެރޭގައި އިޤުރާރަކީ އެންމެ ވަރުގަދަ ހެކި. އަމިއްލަ އިޤުރާރު. އަމިއްލަ އިޤުރާރަކީ އެންމެ ވަރުގަދަ ހެކި. އަނެއްކާ އެގެއިތުރަށް އެހެން ގަރީނާތަކާއި ބައްޔިނާތައް އެބަހުރި، އެ މަނިކުފާނުގެ އަތަށް މި ފައިސާ ވެންނެވިކަމުގެ. މީގެ ކުރީގައިވެސް އެކައުންޓަށް ފައިސާ ވަތްކަމާއި، ބައްޔިނާއާއި، ޤަރީނާއާއި ޝާހިދާ މި ހުރިހާ އެއްޗެއް އެބަހުރި. ހެކިތަކާއި އެއްޗެހި އެބަހުރި." ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި އެވެ.

 

ޖަމީލް ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އަދި އެއްވެސް މުއައްސަސާއަކުން އަބްދުﷲ ޔާމީނަށް، ރައީސުލްޖުމްހޫރިއްޔާގެ ލަޤަބުން މުހާތަބުކުރުންވެސް މިހާރު ސައްހަ ނުވާނެކަމަށެވެ. ސަބަބެއްކަމަށް ޖަމީލް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އޭގެ ޒާތުގައި އަޒުލުވެފައި ހުންނެވުން ކަމަށެވެ. އަދި ދެން އޮތީ އިދާރާތަކުން އެކަންތައްތައް ނިންމުންކަމަށް ޖަމީލް ވިދާޅުވި އެވެ.

 

ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ކޮށްގެން ނުވާނެކަމަށް ބުނާ ކަމެއް ވެރިކަމުގައި ހުންނެވި ބޭފުޅާކޮށްފަވާކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ހާމަކުރައްވާފައިވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، ރައީސް ޔާމީން އަމަލުކުރައްވާގޮތަށް ބަލާއިރު އަބަދުވެސް ކޮންމެ މަރުހަލާއެއްގައިވެސް ހާމަކުރައްވަނީ ކޮންމެވެސް މިންވަރެއްކަމަށް ޖަމީލް ވިދާޅުވި އެވެ.

 

"ހަޤީޤަތުގައި މި ޒަރީމާ ހިންގާފައިވާ ބޮޑު މިނަށް ބަލާކަމުގައިވާނަމަ ރާއްޖޭގެ ރައްޔިތުން މި ވެރިކަން ނިމިގެން ބަލާއިރުގައި ރާއްޖޭގެ ތާރީހުގައި އެއްވެސް ވެރިޔަކު، އަދި އެއްވެސް ރަސްކަލަކު، އަދި އެއްވެސް މަޤާމެއްގައި ހުންނެވި ބޭފުޅަކު ދުވަހަކު ޤައުމުގެ ބައިތުލްމާލު ސާފުނުކުރާ ވަރަށް، ދޮވެ ސާފުކޮށްފަ އޮތްތަން ހަޤީޤަތުގައި މި ވެރިކަން ނިމިގެންދާއިރު ފެނިގެންދާނީ" ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް