ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 06:18
އިޒްރޭލުގެ އަސްކަރީ އުޅަނދުތައް ޣައްޒާ-އިޒްރޭލު ބޯޑަރުގައި ހަރަކާތްތެރިވަނީ
އިޒްރޭލުގެ އަސްކަރީ އުޅަނދުތައް ޣައްޒާ-އިޒްރޭލު ބޯޑަރުގައި ހަރަކާތްތެރިވަނީ
ރޮއިޓާސް
އިޒްރޭލް-އެމެރިކާގެ ގުޅުން
ލުބުނާނު ސުންނާފަތި ކުރަން ފެށުމާއެކު އެމެރިކާއިން އިޒްރޭލަށް 8.7 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދީފި
އެމެރިކާ އިން ހަމަޖައްސައިދިން އެހީއާ ބެހޭ ގޮތުން އިޒްރޭލުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއެހީތެރި ކަމުން ހާމަވަނީ "އިޒްރޭލާއި އެމެރިކާ އާ ދެމެދު އޮތް ވަރުގަދަ އަދި ދެމެހެއްޓެނިވި ސްޓްރެޓެޖިކް ގުޅުމާއި، އިޒްރޭލުގެ ސަލާމަތަށް އެމެރިކާއިން ދޭ ޚާއްސަ އަހަމިއްޔަތު" ކަމަށެވެ.

އިޒްރޭލުގެ އަސްކަރީ ގާބިލްކަން ވަރުގަދަ ކުރަން އެމެރިކާއިން 8.7 ބިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފިއެވެ.

އިޒްރޭލުން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެމެރިކާ އިން 8.7 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައިވާ ކަމަށެވެ.

މި އެހީ ދީފައިވަނީ އިޒްރޭލުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި، ސަރަޙައްދުގައި ފެންވަރު ރަނގަޅު އަސްކަރީ ބާރެއް ދެމެހެއްޓުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ތެރެއިން 3.5 ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ މިވަގުތު ހަނގުރާމައަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށެވެ. މި ފައިސާ ވަނީ މިހާރު ވަނީ ލިބިފައި ކަމަށާއި، އަސްކަރީ ސާމާނު ގަތުމަށް އެ ފައިސާ ކަނޑައަޅާފައިވާ ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ. އަދި 5.2 ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަ ކުރުމަށެވެ. މީގެ ތެރޭގައި އަޔަން ޑޯމް އާއި އެންޓި މިސައިލް ނިޒާމާއި، ޒަމާނީ ލޭޒަރ ނިޒާމަށް އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

އެމެރިކާގެ އިތުރު އެހީ އިޒްރޭލަށް ހަމަޖައްސައިދިން އިރު، އިޒްރޭލުން ގެންދަނީ ޣައްޒާ ސުންނާފަތި ކުރުމަށްފަހު ލުބުނާނަށް ބޮން އަޅަމުންނެވެ.

މި އެހީގެ އިއުލާން އައިސްފައިވަނީ ޕެންޓަގަނުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާއި އެމެރިކާގެ ދިފާއީ އޮފިޝަލުންނާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ.

އެމެރިކާ އިން ހަމަޖައްސައިދިން އެހީއާ ބެހޭ ގޮތުން އިޒްރޭލުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއެހީތެރި ކަމުން ހާމަވަނީ "އިޒްރޭލާއި އެމެރިކާ އާ ދެމެދު އޮތް ވަރުގަދަ އަދި ދެމެހެއްޓެނިވި ސްޓްރެޓެޖިކް ގުޅުމާއި، އިޒްރޭލުގެ ސަލާމަތަށް އެމެރިކާއިން ދޭ ޚާއްސަ އަހަމިއްޔަތު" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް