Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 10:32
މަރުވި ގައިދީގެ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވޭ
މަރުވި ގައިދީގެ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވޭ
ގޫގުލް އާރތް
ގައިދީ އަކު މަރުވުން
މާފުށީ ޖަލުގައި ހުރި ގައިދީއެއް މަރުވި މައްސަލަ ތަހުގީގު ކުރަނީ
މަރުވެފައިވަނީ 62 އަހަރުގެ ދިވެހި ފިރިހެނެއް
ގައިދީ މަރުވި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
ޚަބަރުގެ އޯޑިއޯ

މާފުށީ ޖަލުގައި ހުރި ގައިދީއެއް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައިވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެއީ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަރުވި ގައިދީގެ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

Advertisement

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް ޖަލުގައި ގައިދީ އަކު ވަނީ މަރުވެފައެވެ. އެގޮތުން މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް ވެސް ވަނީ މަރުވެފަ އެވެ. އޭނާ މަރުވެފައިވަނީ 2024 ޖޫން 28 ގައެވެ. އޭނާ އޮންނަ ގޮޅީގައި ހަރަކާތެއް ނެތި ގިނަ އިރުތަކެއް ވީކަން ފާހަގަ ކުރެވިގެން، ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިނުމުން ވެސް ހަރަކާތެއް ނެތުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު ހާއިރު ގެންގޮސް ދައްކާފައިވެ އެވެ. ޖަމީލް މަރުވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ އެދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

މީގެ އިތުރުން މާލޭގައި އަންހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާ ދެމުންދާ ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރި ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށް ފައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް