ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 19:59
ވެސްޓް ޕާރކް --
ވެސްޓް ޕާރކް --
ފޭސްބުކް
ވެސްޓްޕާކް
ވެސްޓްޕާކް މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭ، ޕީޕީއެމް ޖަގަހަ ހަދާތީ ކަންބޮޑުވަން: ޔޮޓްޓުއާސް
އެމައްސަލަ ކޯޓު މަރުހަލާތަކުގައި ވާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައި
ޔޮޓް ޓުއާރސްއިން ބުނަނީ ފަހުން މި ސަރުކާރުން ވެސްޓްޕާކް ގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވި ކަމަށް

ކުރިން ވެސްޓްޕާކް ކެފެޓީރިއާ ހުރިތަން އެހެން ފަރާތަކަށް  ތަރައްގީ ކުރުމަށް ދީފައި ވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށް ވާތީ އެމައްސަލަ ކޯޓަށް ހުށަހަޅާ، އަދި އެމައްސަލައިގެ ކޯޓު މަރުހަލާތައް ނުނިމެނީސް އެތަނުގެ ބައެއްގައި ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޖަގަހައެއް އަޅާތީ ވެސްޓްޕާކް ކެފެޓީރިއާ ހިންގަމުންއައި ޔޮޓް ޓުއާރސް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔޮޓް ޓުއާރސްއިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ދަށުން ހިންގަމުން އައި "ވެސްޓްޕާރކް ކެފެޓީރިއާ" ރެސްޓޯރަންޓްގެ އެގްރީމެންޓްގެ  މުއްދަތު ހަމަވުމުން، އެތަން އިތުރު މުއްދަތަކަށް އެކުންފުންޏަށް ދިނުމަށް ސަރުކާރުން އެއްބަސްވެ، އެގްރީމެންޓްގައި ކަނޑައެޅިފައި ބަޔާންކޮށްފައިވަނިކޮށް އެ އެއްބަސްވުމާއި ހިލާފަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެތަން އެހެން ފަރާތަކަށްދީ، ގަދަކަމުން އަތުލައި، އެތަން ހިންގުމަށްޓަކައި އެކުންފުނިން ގަނެފައިވާ އަގުބޮޑު މުދާ ސަރުކާރުން ގެންދިޔަތަނަކަށް ގެންގޮސް އެތަކެތި ހަލާކުކޮށް، ސަރުކާރުން އެކުންފުންޏަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ދީފައިވާ ކަމަށެވެ.

ޔޮޓް ޓުއާރސްއިން ބުނީ ސަރުކާރުން އެގޮތަށް އަމަލުކުރުމުން، އެކުންފުނީގެ ހައްގުތައް ހޯދުމަށްޓަކައި ޝަރީއަތަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި އެމައްސަލަ ޝަރުއީ މަރުހަލާތަކުގައި ހިންގަމުން ދަނިކޮށް، އަދި ޝަރުއީ އެންމެ ފަހު މަރުހަލާ ނުނިމެނީސް، ވެސްޓްޕާކްގެ ބައެއްގައި ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް އެޅުމަކީ އެކުންފުންޏަށް އިއާދު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

 

މީގެއިތުރުން އެބަޔާނުގައި ވަނީ ވެސްޓްޕާރކަށް އެކުންފުނިން އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްފައި ވަނިކޮށް، ވެސްޓްޕާރކް އަތުލައި ސަރުކާރުން އަމަލު ކުރަމުންދަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ހާއްސަކޮށް، ވެސްޓްޕާރކް އަތުލައި އެތަނުގައި ސަރުކާރުން ސިޔާސީ ހަރަކާތް ހިންގުމަށް ޖަގަހައެއް ހެދުމަކީ މި ސަރުކާރުން ގާނޫނާއި ގަވާއިދަށް ނުބަލައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ޔޯތް ޓުއާރސްއިން ބުނެއެވެ.

ޔޮޓް ޓުއާރސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް