ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 13:00
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކޮރަޕްޝަން
ރައީސް މުއިއްޒުގެ ވައުދު ފޮތުގައި ހުރި ވައުދުތަކަށްވުރެ މި ސަރުކާރުގެ ކޮރަޕްޝަން މިހާރު ވެސް އިތުރު: ޔާމީން
މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުބަލާ
އަބްދުއްރަހީމް ރެހެންދި އިމާރާތުން ދެ ފްލެޓް ގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ
ބަންކަރިންގެ ޚިދުމަތުގެ ތެރެއިން ރާއްޖޭގެ ޕޯޓުތައް މި ސަރުކާރުން ވިއްކާލަން އުޅޭ ކަމަށް ތުހުމަތު ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދު ފޮތުގައި ހުރި ވައުދުތަކަށްވުރެ މިސަރުކާރުގެ ކޮރަޕްޝަން މިހާރު ވެސް އިތުރުވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވަނީ ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ފާޑު ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި އެއްވެސް ސަރުކާރަކުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ މިންވަރަށް މިސަރުކާރުން ބަލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް އެމަންޒަރު ނުފެންނަ ކަމަށެވެ. މިއަދު އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެމައްސަލަތައް ބަލަން ކެރޭނެތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އަބްދުއްރަހީމް ރެހެންދި އިމާރާތުން ދެ ފްލެޓް ގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކޮރަޕްޝަން ނައްތާލުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓު ފުލުހުންގެ އަތުގައި އެބައޮތް ކަމަށާއި، އެހާމަ ނުކުރާ ކަަމަށެވެ. އެ ހާމަނުކޮށް ސިއްރު ކުރުމަށް މަސައްކަތް ކުރަނީ ގައުމަށް ކޮން ނުރައްކަލެއް ނުރިމަތިވެދާނެތީތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ޔަމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދުތަކާއެކު ކަމަށާއި، އެމަނިކުފާނުގެ ވައުދުތަކުގެ މައްޗަށް ބޮޑު ފޮތެއް ވެސް ނެރިފައިވާ ކަމަށެވެ. އަދި ވައުދު ފޮތުގައި ހުރި ވައުދުތަކަށްވުރެ، މިސަރުކާރުގެ ފާއިތުވީ 10 މަސް ދުވަހު ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތައް ގިނަވާނެ ކަމަށް ތުހުމަތު ކުރައްވާ ސުވާލު އުފެއްދެވިއެވެ. ޔާމީން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ހުރިހާ ވައްތަރެއްގެ ފިލްމު ކުޅޭ ތަނަކަށް މިގައުމު ހަދާފައިވާ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ބޭސިކް ހޯދައިނުދެވޭ ކަމަށެވެ.

އެހެންވީމަ ރައްޔިތުންގެ ކުރިމަތީގައި ސޯޝަލް ޖަސްޓިސް ސޯޝަލް ކޮންޓްރެކްޓްގެ އެއްވެސް އަގެއް ދަމަހައްޓައެއް ނުދިން. ދެން މިފެންނަނީ އެކި ކަންކަމުގައި ވައުދު ވަނީ. ވައުދުވަމުން ގެންދަނީ. އެކަމަކު މުޅިން ވެސް އެވައުދާ ހިލާފަށް ހުރިހާ ކަމެއް މިދަނީ. އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ހަމައަކުން ނޫން. އެނގޭތޯ ވަޒީރުންނާ ހަމައިން ވެސް ދަނީ އެހެން އެނގޭތޯ. މިހާރު ރާއްޖެއަކީ ހޮލީވުޑް، ބޮލީވުޑް އަދި ފްލައިވުޑް ފިލްމު ކުޅޭ ތަނަކަށް ވެއްޖެ. ހުރިހާ ވައްތަރެއްގެ ފިލްމު ކުޅޭ ތަނަކަށް ދިވެހިރާއްޖެ މިހަދަނީ. އެކަމަކު މިއުޅެނީ ރައްޔިތުންގެ ބޭސިކްސް ހޯދައި ނުދެވިގެން
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ބަންކަރިންގެ ޚިދުމަތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން ލިބޭ ފައިސާ ލިބެނީ ތެލުގެ އޯނަރު ކުންފުންޏަށް ކަމަށާއި، މިކަމުގައި ރައްޔިތުންނަށް މިސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން ބަންކަރިންއިން ފޯރުކޮށްދޭ ތެލުގެ އޯނަރު ކުންފުންޏަކީ ވިޓޯލް ކަމަށާއި އޭގެން ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ބަންކަރިންގެ ޚިދުމަތުގެ ތެރެއިން ރާއްޖޭގެ ޕޯޓުތައް މި ސަރުކާރުން ވިއްކާލަން އުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ޔާމީން ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ރައީސް މުއިއްޒު ދޮގު ބަޔާން ދެއްވާފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގަސްތުގައި ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް ރައީސް މުއިއްޒު މަސައްކަތް ކޮށްފައިވާ ކަަމަށެވެ.

Advertisement

Advertisement
- ކޮމެންޓް