ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 23:32
ތަމްރީނު މިޝަނެއްގެ ތެރެއިން، އެމެރިކާގެ ވައިގެ ސިފައިންގެ އެމްކިއު-9 ރީޕަރ ޑްރޯންއެއް ނެވާޑާގެ ކްރީޗް އެއާފޯސް ބޭސް މަތިން ދަތުރުކުރަނީ
ތަމްރީނު މިޝަނެއްގެ ތެރެއިން، އެމެރިކާގެ ވައިގެ ސިފައިންގެ އެމްކިއު-9 ރީޕަރ ޑްރޯންއެއް ނެވާޑާގެ ކްރީޗް އެއާފޯސް ބޭސް މަތިން ދަތުރުކުރަނީ
ރޮއިޓާސް
ހޫތީން ހަމަލާ ދިނުން
ހޫތީން ހަމަލާ ދިން ކަމަށް ބުނި ޑްރޯން ވެއްޓުނު ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ
ހޫތީން ބުނެފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައި އެމެރިކާގެ 3 ޑްރޯން ވައްޓާލާފައިވާ ކަމަށް، އަދި އެއިން ޑްރޯނެއްގެ އަގު 30 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.

މިހަފްތާގެ ކުރީކޮޅު ޔަމަނުގެ ހަނގުރާމަވެރިން ހަމަލާދީ އެމެރިކާގެ ޑްރޯނެއް ވައްޓާލި ކަމަށް ބުނެފައިވަނިކޮށް، ޔަމަންގެ ސަރަހައްދަށް އެމެރިކާގެ ޑްރޯނެއް ވެއްޓުނު ކަމަށް ޕެންޓަގަން އިން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މި ހަފްތާގެ ކުރީކޮޅު ޔަމަނު ކައިރިން 30 މިލިއަން ޑޮލަރުގެ ޑްރޯނެއް ވެއްޓިފައިވާ ކަމަށެވެ.

އެމެރިކާގެ ޑްރޯނެއް ވެއްޓުނު ކަމަށް އެއްބަސްމިވީ ފާއިތުވި ހަފްތާގައި އެކިފަހަރު މަތިން އެމެރިކާގެ 3 ޑްރޯން ވައްޓާލި ކަމަށް ޔަމަންގެ ހޫތީން ބުނެފައިވަނިކޮށްނެވެ.

"ޕެންޓަގަން އަށް ޔަގީން ކުރެވެނީ [ހޯމަ ދުވަހު] އެމްކިއު-9 އެއް ޔަމަނުގެ ކައިރިން ވެއްޓިފައިވާ ކަމަށް. އެކަން ތަޙުޤީޤު ކުރަމުން ދަނީ، އެކަމަކު އިތުރު ތަފްސީލު ހިއްސާކުރެވޭކަށް ނެތް،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ އަންގާރަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

ހޫތީންގެ ފަރާތުން ހޯމަ ދުވަހު ބުނެފައިވަނީ ފާއިތުވި ހަފްތާގައި އެމްކިއު-9 މަރުކާގެ 3 ޑްރޯން ވައްޓާލާފައިވާނެ ކަމަށާއި ޣައްޒާގެ ހަނގުރާމަ ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި މަދުވެގެން 10 ޑްރޯން ވައްޓާލާފައިވާނެ ކަމަށެވެ.

ހޫތީން ބުނާ އަދަދުތަކާ ގުޅޭގޮތުން ސުވާލު ކުރެވުމުން، ރައިޑަރ ބުނެފައިވަނީ އޮޕަރޭޝަނަލް ސެކިއުރިޓީގެ ސަބަބުތަކަށްޓަކައި ވަކި އަދަދުތަކެއް ބުނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ އަދަދުތަކަކީ މާމަތީ އަދަދުތަކެއް ކަމަށް އޭނާ ހާމަކުރިއެވެ.

އޮކްޓޯބަރު 7 ން ފެށިގެން ޣައްޒާއަށް އިޒްރޭލުން ހަމަލާން ދޭން ފެށުމާއެކު ޔަމަނުގެ ހޫތީން ރަތް ކަނޑުގައި ދަތުރުކުރާ އިޒްރޭލާ ގުޅުން ހުރި ކަމަށް ބެލެވޭ އަސްކަރީ އަދި ވިޔަފާރީގެ އުޅަނދުތަކަށް އަންނަނީ ހަމަލާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް