ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 14:24
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު --
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު --
ރާއްޖެއެމްވީ
ޑރ. ޖަމީލު
އިންސާފުވެރިކޮށް ގައުމު ހިނގާ ނަމަ، ރައީސް ޔާމީން މަގާމުން އަޒުލް ކުރަންޖެހޭނެ: ޑރ. ޖަމީލު
ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް
ކުރީގެ ރައީސް ވަހީދުގެ ޒައާމަތުން ފެށިގެން އެ މަގުން އަދީބު ހިންގުވީ ރައީސް ޔާމީން
ޖަމީލު ވިދާޅުވީ ރައީސް ޔާމީން އެވަނީ އަމިއްލަފުޅު އިއުތިރާފުން އިއުތިރާފުވެ ވަޑައިގަންނަވާފަ ކަމަށް

އިންސާފުވެރި ނިޒާމެއްގެ ދަށުން ދިވެހިރާއްޖެ ހިނގާ ނަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން މަގާމުން އަޒުލް ކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2 ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފުވެރި ނިޒާމެއް ހިނގާ ނަމަ އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުން ވެސް މަގާމުން އަޒުލް ކުރަންޖެހޭނެ ކަމަށެވެ. އަދި އަމިއްލަފުޅު އިއުތިރާފަކީ ކާފީ ހެކި ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. 

ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަމީލު މީގެ އިތުރުން ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވަނީ ރައީސް ޔާމީންއަށް ސުވާލެއް ކުރައްވާފަ އެވެ.

"އަދީބުއަށް ފައިސާ ލިބުނީ ކިހިނެއްތޯ؟ ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސައިން މަނިކުގެ ޒައާމަތުން ފެށިގެން އެ މަގުން އޭނާ ހިންގުވީ މަނިކުފާނު،" ރައީސް ޔާމީންއަށް ޖަމީލު ކުރައްވާފައިވާ ސުވާލުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިން ދިރިއުޅުއްވި އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެއްސަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ވެއްދި ކަމަށާއި، އެހެން ނަމަވެސް އެއީ ހަލާލު ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ "ރުމާލު 2 ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ. އަދި އެމްއެމްޕީއާރުސީން އަދީބު ނެންގެވި ފައިސާ ވެއްދީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް ނޫން ކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީން ވާހަކަ ދައްކަވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް