Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 18:06
ގައުމިއްޔަތު މިނިސްޓްރީގެ މިނިސްޓަރު އާދަމް ނަސީރު އަދި އެކްޓިން ޕީއެސް އާތިކާ އިބްރާހިމް
ގައުމިއްޔަތު މިނިސްޓްރީގެ މިނިސްޓަރު އާދަމް ނަސީރު އަދި އެކްޓިން ޕީއެސް އާތިކާ އިބްރާހިމް
ރާއްޖެއެމްވީ
ގައުމިއްޔަތު މިނިސްޓްރީގެ ޕެޓިޝަން
ގައުމިއްޔަތު މިނިސްޓްރީގެ ޕެޓިޝަން: އެކްޓިން ޕީއެސްއަށް ބޮޑެތި ތުހުމަތުތަކެއް
ޕެޓިޝަންގައި 22 މުވައްޒަފުން ސޮއިކޮށްފައިވޭ
ޕެޓިޝަން ހުށަހެޅިފަހުން އިތުރަށް ބިރު ދެއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މުވައްޒަފުން ބުނޭ
ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ގައުމިިއްޔަތު މިނިސްޓްރީ)ގައި އެކްޓިން ޕީއެސްއަކަށް ހުންނެވި އާތިކާ އިބްރާހިމްއަކީ ސްޕްރީމްކޯޓުގެ ޑިރެކްޓަރުގެ މަގާމުން ވަކި ކޮށްފައިވާ މީހެއް ކަމަށާއި، އޭނާ އިސްވެ ހުރެ ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުން ބުނެފިއެވެ.

ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ބުނެ، އެމިނިސްޓްރީގެ 22 މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް 11 ސެޕްޓެންބަރު 2024 ވީ ބުދަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެ މިނިސްޓްރީގައި ޖުމްލަ 31 މުވައްޒަފުން މަސައްކަތްކުރާއިރު، ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފެއް ބުނީ، ޕެޓިޝަން ހުށަހެޅިފަހުން އިތުރަށް ބިރުދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ސިޔާސީ ބައެއް މުވައްޒަފުން މެދުވެރިކޮށް، ސިވިލް މުވައްޒަފުންނާ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފައިވާ ކަމަށެވެ. ކުރިއަށްވުރެ ބޮޑަށް މިހާރު ބިރުވެރިކަން އުފައްދާ ޅެމުން ފުރައްސާރަ ކުރަމުންދާ ކަމަށް އެމުވައްޒަފު ބުނެފައިވެއެވެ.

Advertisement

ގައުމިއްޔަތު މިނިސްޓްރީގައި އެކްޓިން ޕީއެސްއަކަށް ހުންނެވި އާތިކާއާ ގުޅޭގޮތުން އެމުވައްޒަފު ބުނީ ސްޕްރީމްކޯޓުގެ ޑިރެކްޓަރަކަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ބޮޑު މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެފަދަ ބޮޑު ތުހުމަތެއް ކުރެވޭ މީހަކަށް އެކްޓިޕް ޕީއެސް ފަދަ މަގާމެއް ދިނުމާ ގުޅޭގޮތުން އެމުވައްޒަފު ވަނީ ސުވާލު އުފައްދާފައެވެ. އަދި އާތިކާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ދަތިކޮށް، ސިޔާސީ ބޭފުޅުންގެ ބޭނުންވާ ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށް އެމުވައްޒަފުން ތުހުމަތުކޮށްފައިވެއެވެ.

އެމުވައްޒަފު ބުނީ ސިވިލްސަރވިސް ކޮމިޝަނުން މިހާތަނަށް މިމައްސަލައާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، އުންމީދުކުރަނީ މިމައްސަލަ އަވަހަށް ބަލައި، އިންސާފުވެރިކަމާއެކު މައްސަލަ ބަލައިދޭނެ ކަމަށެވެ.

އާތިކާ ސްޕްރީމްކޯޓުގެ ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވަނީ 02 ފެބްރުއަރީ 2020 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
16 ސެޕްޓެންބަރ 2024 | ހޯމަ 20:06
ފަރާޓާ
އަޖައިބު ވެއްޖެ، ތިހާ ވަރު ކަމެއް ވީމަ ނޭގުނޭ ބުނީމަ ވަރަށް ރީތި މަންޒަރެއް، ވަކި މީހެއްގެ ނަން ނޫސްވެރިޔާ ނުކިޔަނީސް މިނިސްޓަރަށް ވަރަށް އަސަރު ކޮށްފި. ތިހިރީ ހަމަ ވިކިފަ.
16 ސެޕްޓެންބަރ 2024 | ހޯމަ 18:17
ޢިހްސާން
ޓިކަން ވެޖެނު ބަލަން، ގައުމިޔަތު ވަޒީރު ކީއްތަ ތިކުރަނީ އައްޖަހަނީތަ މިވަރަށް ވާދަމާއިރު ވެސް. ޥަޒީރު ވެސް ބަލަން ވެޖެއެނު މިހާރު ވާގޮތެއް، ބަޔަކު ހަމަ ހުރެފައެއް މައްސަލައެއް ނުލާނެތާ؟