ފުލުހުންގެ ޑްެރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ ހަ މައްސަލައަކާ ގުޅިގެން ހަ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ސެޕްޓެމްބަރއާގެ ބަދީޢު ޢަބްދުﷲ (41އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު 5490، އަޙްމަދު ހަނީފް (51އ) އާއި ސ. މަރަދޫ، ރެހެންދި، މުޙައްމަދު ޝިހާދު (37އ) އާއި ރ. މާކުރަތު، އުޖާލާ، ޢަލީ ޢަޡްލީމް (24އ) އާއި ކ. ދިއްފުށި، ހުދުވިލާގެ، އިބްރާހިމް އިނާޒް (33އ) ގެ އިތުރުން ޏ. ފުވައްމުލައް/މިސްކިތްމަގު، ބްލޫލައިޓް، ޙަސަން ޢާޠިފް (41އ) އެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައި ވަނީ މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.