Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 15:32
ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރު
ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރު
ރާއްޖެއެމްވީ
ޒަކިއްޔާ މޫސާގެ ހަށިގަނޑު ވަޅުލުން
ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ހަށިގަނޑު ވަޅުލައިފި
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު
ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ އެރަށު ސަހަރާގައި ވަޅުލާފައި
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ކަރުގައި ހަތަރު ތަން ކަފައިގެން ގޮސްފައިވޭ

ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅަދޫ، ޒަކިއްޔާ މޫސާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ހޮޅުދޫ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރެވެ.

މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ރާއްޖެއެމްވީ އާއި ހިއްސާ ކުރަމުން ފުލުހުން ބުނީ ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލަށް މާލެ ގެނެސް، ތަހުލީލުތައް ކުރުމަށްފަހު ބުރާސްފަތި ދުވަހުގެ ހެނދުނު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި، އެރަށުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިވަގުތު އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ އެރަށު ސަހަރާގައި ވަޅުލައިފައެވެ.

ރާއްޖެއެމްވީއާ އާއިލާއިން ވާހަކަ ދެއްކި މީހުން ކިޔާދިން ގޮތުގައި ޒަކިއްޔާއަކީ އާއިލާ މީހުންނާވެސް ނުހަނު ގުޅޭ ހިތްހެޔޮ މީހެކެވެ. އޭނާއަކީ މީގެ ކުރިން އެރަށު މޭނާ ސްކޫލުގެ ވަގުތީ މުދައްރިސުކަންވެސް އަދާކޮށްފައިވާ މީހެކެވެ. އެހެންކަމުން ސްކޫލުންވެސް ވަނީ މެނޭޖްމަންޓާއި މުޅި ސްކޫލުގެ ނަމުގައި ތައުޒިޔާ ކިޔާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ކަރުގައި ހަތަރު ތަން ކަފައިގެން ގޮސްފައިވެއެވެ. އަދި ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މިއީ ނިއުޅެމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް މިހާތަނަށް ފުލުހުންވެސް ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް