ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 07:34
ޔޫއެސްއެސް ޖޯޖިއާ، ނިއުކްލިއަރ ހަކަތައިން އޮޕަރޭޓް ކުރާ އެމެރިކާގެ ސަބްމެރިން
ޔޫއެސްއެސް ޖޯޖިއާ، ނިއުކްލިއަރ ހަކަތައިން އޮޕަރޭޓް ކުރާ އެމެރިކާގެ ސަބްމެރިން
އޭޕީ
އީރާން-އިޒްރޭލް ހަމަނުޖެހުން
އެމެރިކާގެ ނިއުކްލިއަރ ސަބްމެރިން މެދުއިރުމައްޗަށް ވަދެއްޖެ
މިއީ އެމެރިކާގެ ދިފާއީ ވަޒީރުގެ އޯޑަރަށް ފާއިތުވި ހަފްތާތަކުގައި އެ ސަރަޙައްދަށް އެމެރިކާ އިން އަވަހަށް ފޮނުވަން ނިންމި އަސްކަރީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަސީލަތެއް ކަމަށް އެމެރިކާ އިން ބުނޭ

ނިއުކްލިއަރ ހަކަތައިން ދުއްވާ އެމެރިކާގެ ސަބްމެރިން ޔޫއެސްއެސް ޖޯޖިއާ މިހާރު ވަނީ މެދުއިރުމަތީގެ ޔޫއެސް ސެންޓްރަލް ކޮމާންޑްގެ އޮޕަރޭޝަން ސަރަޙައްދަށް ވަދެފައިކަމަށް އެމެރިކާގެ ދިފާޢީ އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މިއީ ފާއިތުވި ހަފްތާތަކުގައި އެ ސަރަޙައްދަށް އެމެރިކާ އިން އަވަހަށް ފޮނުވަން ނިންމި އަސްކަރީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ސަބްރީން އެވެ.

"ޖޯޖިއާ ވަނީ ސެންޓްކޮމްގެ އޭއޯއާރަށް ދަތުރުކޮށްފައި،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ވިދާޅުވި ކަމަށް އަލް-އަރަބިއްޔާ އިން ބުނެފައިވެއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ އޯގަސްޓް މަހު މެދުއިރުމަތީ ސަރަޙައްދަށް މިސައިލް އުފުލޭ ސަބްމެރިން ފޮނުވުމަށް އަމުރުކުރައްވާފައެވެ. މިއީ ޙަމާސް އަދި ޙިޒްބުﷲގެ އިސްފަރާތްތަކެއް އަވަހާރަކޮށްލުމާ ގުޅިގެން އީރާނާއި އެގައުމުގެ ބައިވެރިންގެ ފަރާތުން އަތުވެދާނެ ހަމަލާތަކުން އިޒްރޭލް ދިފާއު ކުރުމަށް އެމެރިކާގެ އަސްކަރީ ގާބިލްކަން ވަރުގަދަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އީރާނުން ވަނީ ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށް ވައުދުވެފައެވެ. އެހެން ނަމަވެސް އެކަން ކުރާނީ އީރާނަށް ފެންނަ ވަގުތެއްގައި ފެންނަ ތަނެއްގައި ކަމަށްވެސް ވަނީ ބުނެފައިވެއެވެ.

- ކޮމެންޓް
2 އޮކްޓޯބަރ 2024 | ބުދަ 08:59
ލަތީފު
އޯއި ބައިޑެން ޔޫ ހީކެޑެއި އަފިރިންބިރިގަންނަހެއްކަމަށާ އަފިރިންބިރައްނިގަނިތަކައް ތަކީމީހުންމަރާއް އެއްބާރުލުންދޭމީހައް