Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 21:21
އަލްއުސްތާޛް އައްބާސް ޝަރީފް އަށް ޑރ މުޙައްމަދު މުއިއްޒު ރައީސްގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމު ހަވާލުކޮށް ލިޔުން ދެއްވަނީ
އަލްއުސްތާޛް އައްބާސް ޝަރީފް އަށް ޑރ މުޙައްމަދު މުއިއްޒު ރައީސްގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމު ހަވާލުކޮށް ލިޔުން ދެއްވަނީ
ރައީސް އޮފީސް
ޕީޖީ އައްޔަން ކުރުން
ޕީޖީ ގެ މަގާމަށް އައްޔަން ކުރަން އަލްއުސްތާޒް އައްބާސް ޝަރީފްގެ ނަން ދިރާސާ ކުރަން ކޮމިޓީއަަށް ފޮނުވައިފި
ޝަރީފް ޕީޖީ މަގާމަށް އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރަން ފޮނުވީ ޖޫޑިޝިއަރީ ކޮމިޓީއަށް

ހ.ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ޝަރީފްގެ ނަން ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލިހުގެ ދައުރުން ބޭރު ޖަލްސާ އަށް ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް މުއިއްޒު ފޮނުއްވި ސިޓީ ފުޅުގައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމް ހުސްވެފައިވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ޤާނުނު ނަންބަރު 9/2008، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ.ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް އައްޔަނުކުރުމަށްޓަކައި އެމަނިކުފާނުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވާ، މަޖިލީހުން ނިންމެވި ގޮތް އަންގަވައިދެއްވުމަށެވެ.

Advertisement

މަޖިލީހުގެ ތަޅުމަށް ރައީސްގެ ސިޓީފުޅު އިއްވެވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީގެ ޤަވާއިދުގެ 129 ވަނަ މާއްދާގެ ކ ގެ ދަށުން އަލްއުސްތާޛު އައްބާސް ޝަރީފްގެ ނަންފުޅު ޖުޑީޝަރީ ކޮމިޓީން ގޮތެއް ނިންމެވުމަށް ވަނީ އެ ކޮމެޓީއަށް ފޮނުއްވާފައެވެ.

ދައުރުން ބޭރުން ދުވަހުގެރޭ ބޭއްވި ޖަލްސާގެ އެޖެންޑާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށްބޭފުޅަކު އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުގެ އިތުރުން އޮތީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާ ފައިވާ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) އަށް އިޞްލާޙު ގެނައުމުގެ ބިލު ގެ ފުރަތަމަ ކިޔުން އިއްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް