Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 19:14
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި
ރާއްޖެއެމްވީ
ގެސްޓްހައުސްއެއްގައި ޒުވާނަކަށް ހަމަލާ ދިނުން
ގެސްޓްހައުސްއެއްގައި ޒުވާނަކަށް ހަމަލާ ދިން މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވޭ: ފުލުހުން
ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން
މަޒުލާންގެ ހާލު އަންނަނީ ރަނގަޅުވަމުން، ނޭފަތުގެ ކަށިގަނޑު ވަނީ ބިދިފައި
މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ 9 ސެޕްޓެންބަރު 2024 ގައި

ހެންވޭރު ގެސްޓްހައުސްއެއްގެ ޒުވާނަކަށް ހަމަލާ ދިން މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ޒަޚަމްތަކާއެކު ފެނިފައިވަނީ އއ.ތޮއްޑޫ އުމުރުން 27 އަހަރުގެ ހަސަން މަޒުލާނެވެ. މިހާދިސާގެ ރިޕޯޓުކޮށްފައިވަނީ 9 ސެޕްޓެންބަރު 2024 ވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Advertisement

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ފުލުހުން ބުނީ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ހަސަން މަޒްލާން، އޭނާއާއެކު ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު

ރާއްޖެއެމްވީއަށް އާއިލާއިން ބުނީ މަޒުލާނުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް މޫނުމަތި އަދިވެސް ވަރަށް ދުޅަ ކަމަށާއި، ވަރަށް ބޮޑަށް މޫނުގައި ތަޅާފައިވާ ކަމަށެވެ. ލިބިފައިވާ އަނިޔާތައް ތަފްސީލް ކޮށްދެމުން އާއިލާއިން ބުނީ ބޮލުގެ ބައެއް ތަންތަން ވެސް ހަލާކުވެފައިވާ ކަމަށާއި، ނޭފަތުގެ ކަށިގަނޑު ބިދިފައިވާ ކަމަށެވެ.

ހަމަލާދީފައިވާ ގޮތާއި ގުޅޭގޮތުން އާއިލާއިން ބުނީ ގެސްޓްހައުސްގެ އޭނާ ހުރި ކޮޓަރީގައި މީހަކު ޓަކި ޖެހުމުން ދޮރު ހުޅުވި ކަމަށާއި، ދޮރުހޮޅުވިތަނުން ބިއްލޫރިފުޅިއަކުން މޫނުމަތީގައި ޖެހި ކަމަށެވެ. ކަނާއަތު ލޯ ކައިރީގައި ޖެހުމުން ވާނުވާ ނޭނގުނު ކަމަށް މަޒްލާނާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ. ހަމަލާދީފައިވަނީ ދެ ދެފިރިހެނުން ކަމަށް އާއިލާއިން ބުނެއެވެ. އޭނާއަށް ހަމަލާދިނުމަށްފަހު، ހުރިހާ ސާމާނެއް އެމީހުން ވަނީ ފޭރިގަނެފައެވެ.

މަޒުލާންއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ އަހުލާގު ރަނގަޅު ޒުވާނެކެވެ. ޗުއްޓީގައި ހުރި ދުވަސްކޮޅަކަށްވުމާއެކު މާލެއަށް އައީ ބައެއް ޒަރޫރީ ކަންކަން ކުރުމަށް ރައްޓެއްސަކާއެކުއެވެ. ހެންވޭރު ގެސްޓްހައުސްއެއްގައި ދެ ރޫމް ވަކިން ނަގައިގެން ތިބިއިރު، މަޒުލާންގެ ޚަބަރެއް ނުވުމުން އެކަން ރިޕޯޓުކޮށްފައިވަނީ އޭނާގެ އެކުވެރިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް