ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 13:57
ދިވެހިރާއްޖެ އާއި އިންޑިއާގެ ދިދަ
ދިވެހިރާއްޖެ އާއި އިންޑިއާގެ ދިދަ
ރައީސް އޮފީސް
އިންޑިއާ ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
މިއަދު ފާހަގަ ކުރަމުން ދަނީ އިންޑިއާގެ 70 ވަނަ މިނިވަން ދުވަސް

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އިންޑިޔާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާގެ މެސެޖު ވަނީ ފޮނުއްވާފައެވެ.

ރައީސް ޔާމީން އިންޑިޔާގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ރައީސަށާއި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ.  

ރައީސްގެ މެސެޖުގައި، ރާއްޖެ އާއި، އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ އޮތް ގާތް އަޚުވަންތަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް