Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 21:45
ހުޅުމާލޭގައި ހިނގި އެކްސިޓެންޓެއް - ފައިލް ފޮޓޯ
ހުޅުމާލޭގައި ހިނގި އެކްސިޓެންޓެއް - ފައިލް ފޮޓޯ
ރާއްޖެއެމްވީ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ހުޅުމާލެއަށް އަރާ ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
މި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނަކަށް އަނިޔާވެފައިވޭ
އެ ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން
މި އެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ހައިވޭ ވިލާ ޕެޓްރޯލް ޝެޑް ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ބުނީ ހުޅުމާލެ ހައިވޭ ކައިރި ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓް ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި އެކްސިޑެންޓް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މާލެސިޓީގައި ޚާއްސަކޮށް ހުޅުމާލޭގައި ދަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންނެވެ. އެގޮތުން މިދިޔަ ހުކުރުވިލޭރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާން ފިރިހެނެއް ވަނީ ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް