Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 16:09
ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ މަންޒަރު (ފައިލް)
ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ މަންޒަރު (ފައިލް)
ރާއްޖެއެމްވީ
ބާރު ސްޕީޑްގައި ވެހިކަލް ދުއްވުމުގެ ނުރައްކާ
ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅާނަން: ރައީސް މުއިއްޒު
"ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް މިހާރު ވާނީ އަންގާފައި"

ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒު ކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވައިފި ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް މިހާރު ވާނީ އަންގާފައި،" ރައީސް ހުކުރު ދުވަހު މެންދުރު ފަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވިއިރު ހުކުރުވިލޭރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

"ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައި،" އެކްސިޑެންޓްގައި ނިޔާވި އުމުރުން 29 އަހަރުގެ ލ. އިސްދު އަށް އުފަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ ހަސަން ސަމާހު އަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ، މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށާއި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި!،" ރައީސް ގެ ޕޯސްޓްގައި ވިދާޅުވިއެވެ.

ހުކުރުވިލޭރޭ ހިނގި މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭގެ މެންދަމު 2:48 ގައި ކަމަށާއި އެކްސިޑެންޓްވީ ކާރު ދުއްވަން އިން އުމުރުން 29 އަހަރުގެ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް