Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 07:55
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ އުޅަނދެއް ވިއްސައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ އުޅަނދެއް ވިއްސައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އަދަދު
މަރުގެ އެކްސިޑެންޓް
ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ސައިކަލާ ޖެހި ޒުވާނެއް މަރުވެއްޖެ
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި މީހާ ވަނީ ހައްޔަރު ކޮށްފައި

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ސައިކަލެއްގައި ޖެހި، 23 އަހަރުގެ ދިވެހި ޒުވާނެއް މަރުވެއްޖެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ހުކުރުވިލޭރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ރިޕޯޓު ލިބިފައިވަނީ ދަންވަރު 2:48 ގައި ކަމަށެވެ.

ސައިކަލުގައި ދުއްވަމުން ދިޔަ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

މި ހާދިސާއާ ގުޅިގެން ކާރު ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ފުލުހުން ދަނީ އިތުރު ތަޙުޤީޤު ކުރަމުންނެވެ.

                   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް