ރާއްޖޭގެ އެންމެ ހަލުވި ޑޭޓާ ސްޕީޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ތަޖުރިބާ ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚާއްޞަ އިނާޔަތްތަކުގެ ތެރެއިން، އުރީދޫ އާއި އަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް މަރުޙަބާ ކިއުމުގެ ގޮތުން ކަމަށް އުރީދޫއިން ބުންޏެވެ.
މިފެށުނު ލިމިޓެޑް އޮފަރ، އުރީދޫ އާއި ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. މި އޮފަރ ގެ ދަށުން:
-
-
-
- އަލަށް ގުޅިވަޑައިގަންނަވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
- އަލަށް ގުޅިވަޑައިގަންނަވާ ޕްރީޕެއިޑް ކަސްޓަމަރުންނަށް، މަހަކު 50ރ. ޚިދުމަތް ބޭނުންކުރެއްވުމުން، ހަ މަސް ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
- އަދި އުރީދޫގެ ޚިދުމަތް މިހާރުވެސް ހޯދަމުންދާ ކަސްޓަމަރުން، ޕެކޭޖް އަޕްގްރޭޑް ކުރެއްވުމާއި އެކު، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
-
-
އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އުރީދޫގެ 12ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އުރީދޫގެ އާ ކަސްޓަމަރުންނަށް މި އަގުހުރި ފުރުސަތާއި އެކު މަރުޙަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
" އަދި އަޅުގަނޑުމެންނާއި އެކު ކުރައްވާ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދާނެ، އުފާވެރި ދަތުރަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައުއަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ޙަރަކާތްތަކާއި އެކު އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން މި އޮގަސްޓް މަހުގެ ތެރޭގައި އަދިވެސް ކުރިޔަށްދާނެ." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.