Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 17:19
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން
ރައީސް މުއިއްޒު ދޮގުހެއްދެވުން
ރައީސް މުއިއްޒަކީ އެކިއެކި ތަރުޖަމާނުން އަރުއްވައިގެން ދޮގު ހައްދަވަން އިންނަވާ ބޭފުޅެއް: ޔާމީން
ރައީސް މުއިއްޒާއި ގުޅުމެއް ނެތް
މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި
ދައުލަތުގެ ކަރާމާތް ދެމެހެއްޓުމަށް ކޮންޕްރަމައިޒް ނުވާ ބޭފުޅުން ވެރިކަމަށް އަންނަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ އެކިއެކި ތަރުޖަމާނުން އަރުއްވައިގެން ރައްޔިތުންނަށް ދޮގު ހައްދަވަން އިންނަވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެ، އުފާފާޅު ކުރުމުގެ ޖަލްސާގައި ބޭއްވުމަށް މަސައްކަތް ކުރިއިރު، ޖަލްސާގައި ބައިވެރިވާ ބޭނުންވެ އެކަން ރައީސް މުއިއްޒަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ޖަލްސާގެ ތާރީހު ފަސްކުރެވެން ނެތް ކަމަށް ރައީސް މުއިއްޒު އެންގެވި ކަމަށާއި، އެކަމާ ފަހުން މާ ބޮޑަށް މަސައްކަތް ނުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެޖަލްސާގައި ރައީސް މުއިއްޒު ހުންނެވިއިރު، އެދުވަހު ގުޅަން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، މިއަދާ ހިސާބަށް އައިރު ރައީސް މުއިއްޒާ ގުޅިފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement

ސަންގުޓީވީއަށް ރައީސް މުއިއްޒު ދެއްވި އިންޓަވިއުގައި ޔާމީނަށް އޮތީ އިހުތިރާމާއި، ލޮއެއްބާއި އަދި ގަދަރުކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ އަމަލުފުޅުތަކުން އެކަން ނުފެންނަ ކަމަށާއި، އެކިއެކި ތަރުޖަމާނުން އަރުވައިގެން ރައީސް މުއިއްޒު ހައްދަވަނީ ދޮގު ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މިސަރުކާރު ގެނައުމަށް ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް މިބޭފުޅުން ގިނަ ބަޔަކު ވީއްލާލާފައިވާ ކަމަށެވެ.

އަޅުގަނޑު ދެނެހުރިން ބައެއް ވިޔަފާރިވެރިންނަށް މިހުރީ ރައީސް ޔާމީނާއި ތިމަންނައާ ކުރެވިފައި ހުރި މުއާމަލާތޭ ކިޔާފަ ހަމަ ފޭކް މެސެޖްތަކެއް ދައްކާތަން. އަޅުގަނޑު މިބުނަނީ ރައްޔިތުން ކުރިމަތީގަ. އަޅުގަނޑާ މުއިއްޒާ ގުޅުމެއް ނެތް. އެހެންވީމަ އެހާވަރަށް އަޅުގަނޑު އެކަހެރިކުރަން ނިންމާފައި. އެހެންވީމަ ކިހިނެތްތޯ މިއަދު ކިތަންމެވަރަށް އެދައްކަވާ ވާހަކަައިގެ އޭނާގެ އަމަލުން އެކަން ބެކަޕްކުރާނެ އަމަލު މިހުރީ ސީދާ އިދިކޮޅަށް. ދެން އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ މައްސަލަ ހައިކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ރައީސް އޮފީހުންނާ މުއިއްޒު ވިދާޅުވެގެންނާ އަދި ވަޒީރުން އަޅުގަނޑުގެ މައްޗަށް ނުބައި ހުކުމެއް ދެމަހައްޓަން ކުރި މަސައްކަތް. އަދި އެވާހަކަތައް ނުކުންނާނެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދޮގު ވައުދުތަކެއް ވިއްކައިގެން ކަމަށެވެ. އަދި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ ހިތާ ދެކޮޅަށް ކަމަށާއި، ހަގީގަތް ހާމަނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ދައުލަތުގެ ހައްގާއި ދައުލަތުގެ ކަރާމާތް ދަމަހެއްޓުމަށް ކޮންޕްރަމައިޒް ނުވާ ބޭފުޅުން ވެރިކަމަށް އަންނަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެނޫން ގޮތަކަށް މިގައުމަށް ހަމަޖެހުމެއް ލިބެން ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް