Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 17:16
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަޠީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަޠީފް
ރައީސް އޮފީސް
ސަރުކާރުގެ ސިޔާސަތު
މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ'' : ނައިބު ރައީސް
މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެވޭނެ
އަބަދުވެސް އިސްކަންދެނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް
މި ގައުމުގެ ހައްގުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފައި

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ދިވެހި ގައުމަށް އިސްކަންދިނުން، "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށާއި، އަބަދުވެސް އިސްކަންދެނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް ކަމަށެވެ.

Advertisement

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެވޭނެ ކަމަށާއި، މިއަޒުމުގައި އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ދިވެހީން އެއްރޫޙެއްގައި އަތާއަތްގުޅައި ޢަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަޠީފް

ނައިބު ރައީސް ވަނީ ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިންމަތުން އިބްރަތް ހާސިލްކޮށް، މި ގައުމުގެ ހައްގުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފައެވެ.

ނައިބު ރައީސްގެ ވީޑިއޯ މެސެޖު ނިންމަވާލައްވާފައިވަނީ ގައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ގައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ބާރުއަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް