ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 20:02
ރޭގެ މެޗުގެ ތެރެއިން: ރޮނާލްޑޯއަށް ރެފްރީ ދެވަނަ ރީނދޫ ކަޑާއި އެކު ރަތްކާޑު ދައްކަނީ
ރޭގެ މެޗުގެ ތެރެއިން: ރޮނާލްޑޯއަށް ރެފްރީ ދެވަނަ ރީނދޫ ކަޑާއި އެކު ރަތްކާޑު ދައްކަނީ
އޭއެފްޕީ
ކުޅިވަރު
ރޮނާލްޑޯ ފަސްމެޗަށް ސަސްޕެންޑް ކޮށްފި
ރޮނާލްޑޯއަށް އައީ 4 މެޗުގެ ސަސްޕެންޝަނެއް.
ފަސްމެޗުގެ ތެރެއިން އެއް މެޗަކީ ރަތްކާޑުގެ ސަބަބުން އައި ސަސްޕެންޝަނެއް.

 

ރެއާލް މެޑްރިޑުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަސްމެޗަށް ސަަސްޕެންޑް ކޮށްފިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކޮށްފައި ވަނީ ސްޕެނިޝް ސުޕަކަޕްގައި ބާސެލޯނާއާ ދެކޮޅަށް ރޭ ކުޅެ 1-3 އިން މޮޅުވި އެލްކްލެސިކޯ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި އޭނާއަށް ފަސްމެޗުގެ ސަންޕެންސަނެއް އައިސްފައި ވަނީ ސްޕެނިޝް ސުޕަކަޕްގައި ރޭ ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހާދިސާއަކާ ގުޅިގެން ކަމަށެވެ.

 މި ބަޔާނުގައި ބުނެފައިވަނީ ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރެވިފައިވާއިރު އޭގެތެރެއިން އެއް މެޗަކީ ރަތްކާޑާއި ގުޅިގެން އޮޓަމެޓިކުން ލިބުނު ސަސްޕެންޝަން އެއް ކަމަށެވެ. ރެފްރީ ރަތްކާޑު ދެއްކުމުން ރޮނާލްޑޯ  ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލުމުގެ ކުށުގައި އޭނާއަށް ދީފައިވަނީ 4 މެޗުގެ ސަސްޕެންޝަންއެއް ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރޮނާލްޑޯއަށް އަދަބު ދީފައި ވަނީ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާފައި ކަމަށާއި ފެޑެރޭޝަނުން ބޭނުންނަމަ 12 މެޗުގެ ސަސްޕެންޝަންއެއްވެސް ދެވިދާނެ ކަމަށެވެ.

" ރޮނާލްޑޯއަށް ދީފައިވަނީ ނިސްބަތުން ކުޑަ އަދަބެއް. ފެޑެރޭޝަނުން ބޭނުންނަމަ ރޮނާލްޑޯއަށް 12 މެޗުގެ ސަސްޕެންޝަނެއް ދެވިދާނެ. އެހެން ނަމަވެސް ކަމުގެ ކުޑަބޮޑުމިނަށް ބަލާފަ އަދަބު ދިނީ. ރޮނާލްޑޯ ސަސްޕެންޑް ކުރީ 4 މެޗަށް. އަނެއް މެޗަކީ ރަތް ކާޑުގެ ސަބަބުން އޮޓަމެޓިކުން ރޮނާލްޑޯ އަށް އައި ސަސްޕެންޝަނެއް." ބަޔާނުގައި ވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ގަވައިދު ބުނާ ގޮތުން ކުޅުންތެރިޔަކު ރެފްރީއާ އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ހިންގާ ކޮއްޕާލާ އަދި ގައިގަ އައްލައިފި ނަމަ އަދަބެއްގެ ގޮތުގައި ހަތަރު މެޗާ 12 މެޗާ ދޭތެރޭގައި ސަސްޕެންޝަނެއް އަންނާނެ އެވެ.

ރޮނާލްޑޯ އަށް މި ސަސްޕެންޝަނުގެ ސަބަބުން ގެއްލޭނީ ހަމައެކަނި ސްޕެއިންގެ މުބާރާތްތަކުގެ މެޗުތަކެވެ. އެހެން ކަމުން އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ ސްޕެނިޝް ކަޕްގެ ދެވަނަ ލެގުގެ މެޗުގެ އިތުރުން ސްޕެނިޝް ލީގުގައި ރެއާލް ކުޅޭ ފުރަތަމަ ހަތަރު މެޗު ވެސް ރޮނާލްޑޯއަށް ގެއްލޭނެއެވެ.

މި މެޗުގައި ރޮނާލްޑޯ ކުޅެން އަރާފައި ވަނީ މެޗުގެ ފަހުހާފުގައެވެ. ރޮނާލްޑޯއަށް މެޗުގެ ފުރަތަމަ ރީނދޫ ކާޑު ދައްކާފައި ވަނީ ލަނޑު  ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ލައިގެން ހުރި ޖާޒީ ބޭލުމުންނެވެ. ރޮނާލްޑޯއަށް މެޗުގެ ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދެއްކީ ޕެނަލްޓީ ހޯދަން ބާސާގެ ޕެނަލްޓީ އޭރިޔާތެރެއަށް ޑައިވް ކުރި ކަމަށް ނިންމާފައެވެ. ރޮނާލްޑޯ ވަނީ ރެފްރީގެ މި ނިންމެވުމާއި މެދު ހިންހަމަ ނުޖެހިގެން ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލާފައެވެ.

ޕެނަލްޓީ އޭރިޔާތެރެއަށް ޕެނަލްޓީ ހޯދަން ގަސްތުގައި ޑައިވް ކުރިކަމަށް ބަލާ ރެފްރީ ރޮނާލްޑޯއަށް ދެވަނަ ރީނދޫ ކާޑައި އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ނަމަވެސް މެޗުގެ ރީޕްލޭއިން ފެންނަގޮތުގައި ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އުމްޓިޓީ އާއި ރޮނާލްޑޯއާ ދެމެދު ކޮންޓެކްޓެއް ހިނގާފައިވާތަން ފެނެއެވެ.

އެގޮތުން ދުނިޔޭގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެފްރީ ރޮނާލްޑޯއަށް ދައްކާފައިވާ ރަތްކާޑަކީ އޭނާއަށް ނުހައްގުން ދީފައިވާ އަދަބެކެވެ. އަދި ރޮނާލްޑޯ ޕެނަލްޓީ ހޯދަން ގަސްތުގައި ޑައިވްކޮށް ފައިވާކަމަށް ގަބޫލް ނުކުރެވޭކަމަށް ވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯއަށް ރެފްރީ ނުހައްގުން އަދަބު ދީފައިވާއިރު ރެފްރީގެ މައްސަލަ ވެސް ބަލާ ފިޔަވަޅުއަޅަން ޖެހޭނެއެވެ.

 

މި އަދަބު ރޮނާލްޑޯއަށް ލިބުނުއިރު މިއީ އޭނާ ރެއާލް މެޑްރިޑަށް ބަދަލުވިފަހުން މިފަދަ ބޮޑު އަދަބެއް ލިބުނުރަތަމަ ފަހަރެވެ.

ރޮނާލްޑޯއަށް މި މެޗާގުޅިގެން ދިން ސަސްޕެންޝަން އެޕީލް ކުރުމަށް ރެއާލްއަށް ވަނީ 10 ދުވަހުގެ މުއްދަތެއް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުންދީފައެވެ.

ރެއާލްގެ ކޯޗު ޒިދާން ވަނީ ރޮނާލްޑޯއަށް ދެއްކި މި ރަތްކާޑުގެ ސަބަބުން ހިންހަމަ ނުޖެހުން ފާޅުކޮށް، އަދި މިމައްސަލަ އެޕީލް ކުރާނެކަމަށް ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 އޯގަސްޓް 2017 | ހޯމަ 21:22
beybe
kalo hama ronaldo v ma adhabu thi dhinee. messi nama maaf kohdheyne
14 އޯގަސްޓް 2017 | ހޯމަ 21:21
amee
aee hama 100% penalty eh.