ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 13:54
އެފްއޭއެމްގެ ހައުސް
އެފްއޭއެމްގެ ހައުސް
ސަން އޮންލައިން
ނޯމަލައިޒޭޝަން ކޮމިޓީ
ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމުގެ މުވައްޒަފުންނާ ބައްދަލުކޮށްފި
ނޯމަލައިޒޭޝަން ކޮމިޓީން މިހާތަނަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި، ކުޅިވަރާ ބެހޭ ވަޒީރާއި ސްޕޯޓްސް ކަމިޝަނަރާއެކު ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
ޚަބަރުގެ އޯޑިއޯ

ފީފާއިން އެފްއޭއެމް ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން އެތަނުގެ މުވައްޒަފުންނާ މިއަދު ބައްދަލުކޮށްފި އެވެ.

އިދާރީ ހިންގުމާއި މާލީ މައްސަލަތަކާހުރެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، ނޯމަލައިޒްކުރި އިރު އެފްއޭއެމުގެ ގިނަ މުވައްޒަފުންތަކަކަށް ވަނީ މުސާރަނުދީ އެވެ. އަދި އެފްއޭއެމުން ފައިސާ ދޭން ޖެހޭ އެތައް ފަރާތެއް އެބަތިއްބެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުން މައްސަލަ ކޯޓަށް ވެއްދުމުން ފައިސާ ދެއްކުމަށް އެފްއޭއެމަށް ވަނީ ކޯޓޫ އަމުރުތަކުން އަންގައިފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން މިހާތަނަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި، ކުޅިވަރާ ބެހޭ ވަޒީރާއި ސްޕޯޓްސް ކަމިޝަނަރާއެކު ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި މި ކޮމިޓީން ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ކުލަބުތަކާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް އެ ކޮމިޓީ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސައްކަތް ކުރާނެ ތަނެއް ލިބިފައިނެތުމެވެ. އެފްއޭއެމުގެ އިމާރާތް އޮތީ އަޅާނުލައި ދޫކޮށްލުމުން މަސައްކަތް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެ ވީރާނާވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް